ޖާބިރު ބުނަނީ ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް!

ގަވާއިދާ ހިލާފަށް ށފުނަދުއަށް އަރާފައި ނުވާނެކަމަށާއި އަދި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ފުނަދުއަށް ދިޔައީ ޔޮޓަށް ތެޔޮ އެޅުމަށް ކަމަށާއި އެވަގުތުގައި އެރަށަށް ފައިބާފައިވާނެ ކަމަށެވެ. އަދި މާލެ ނުދާތާ 14 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، ފުނަދޫ އަށް ފައިބާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލު ރައީސް އަޙުމަދު އިބްރާހިމްފުޅު އާއި ހަވާލާ ދީ އޮންލައިން ނޫހެއް ކަމަށްވާ "ދެން" އިން ބުނެފައިވަނީ ޖާބިރު ދަތުރުކުރި އުޅަނދަށް މައްސަލައެއް ދިމާވެގެން އެރަށާ ގާތް ކުރިކަމަށާއި އަދި ފުނަދޫގައި ޖާބިރު ،ގާތްގަނޑަކަށް ހަތަރު ގަޑިއިރު ހޭދަ ކުރެއްވި އިރު މާސްކު ވެސް ނާޅާ ކަމަށެވެ.

މިކަމާ ގުޅިން އޮންލައިން ނޫހެއް ކަމަށްވާ “ވަން” އަށް މައުލޫމާތުދެމުން ޖާބިރު ވިދާޅުވީ އޭނާ ކަނޑުމަތީގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ރަށަކަށް އެރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާ އެރަށަށް ފޭބުމުން ބައެއް ފަރާތްތަކުން އެކުގައި ފޮޓޯ ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ގަވާއިދާ ހިލާފަށް ފުނަދުއަށް އެރި މައްސަލައެއް ށއަތޮޅު ހޮސްޕިޓަލްގެ ފަރާތުން ފުލުހަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއަށް މިހާރު ހުށަހަޅާފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް