logoEN
ޕީއެންސީ 2
ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއް ނޫން - ޑރ ޝަހީމް

ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއް ނޫން - ޑރ ޝަހީމް

އައިޝަތު އިފާޝާ

logo

8/8/2022, 11:48:05 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Dr Shaheem

ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ޑރ ޝަހީމް މިހެން ވިދާޅުވެފައިމިވަނީ، ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވަމުންދާ ދަނޑިވަޅެއްގައި، އެއްޖިންސުން ގުޅުން ހިންގި ކަމަށްބުނާ ގިނަ ބަޔަކު ހައްޔަރުނުކޮށް މިނިވަންކަމާއެކު އުޅެމުންދާ މައްސަލައިގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތެއް ހައްޔަރުކޮށް ދެންތިބި ފަރާތްތައް މުޖުތަމައުތެރެއަށް ދޫކޮށް އެމީހުން އުޅޭ ވަޒީފާތަކުގަ ހަމަޖެހިގެން އުޅެމުންދާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ސަރުކާރުން ވަކި ބަޔަކު ހައްޔަރުކޮށް ގާނޫނު ހިންގުމުގައި ތަފާތުކުރުންތައް ގެންގުޅޭކަން ދޭހަވާގޮތަށް ޑރ ޝަހީމް ވިދާޅުވީ، ގާނޫނު ހިންގަންވާނީ އެންމެނާމެދު އެއް ހަމައަކުން ކަމަށާއި، ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާއި ދެކޮޅަށް ނޫން ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މައްސަލައެއް ފެންމަތިވެފައިމިވަނީ، މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިއާގައި ލީކުކުރަމުންދިޔަ ވީޑިއޯތަކާއި ގުޅިގެންނެވެ. އެގޮތުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވެ އޭގެ ތެރެއިން މިހާތަނަށް އެމްޑީ އަލަމްގިރި ހިމެނޭހެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ނަމަވެސް ދާދިފަހުން އެމްޑީ އަލަމްގިރިއާއި އެކު އިތުރު ދެފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި ފެންނަ މީހުން ހައްޔަރުކޮށްފައި ނުވާ މައްސަލައިގައިވެސް ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ