
ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
# ފުލުހުން# ގއ.ވިލިނގިލި# ބަނގުރާ ނައްތާލުންGa_Vilingili_bangura_46f373cad4
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައެވެ.
އެގޮތުން، ނައްތާލާފައިވަނީ 149 ފުޅި ބަނގުރަލާއި 44 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ ޖޫން މަހުގެ 6 އިން ޖުލައި 6 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ގުޅުންހުރި

ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!

ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު އިހްތިޖާޖުކޮށްފި

ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ
