logoEN
cocacola
ގއ.ވިލިނގިލީ ކައުންސިލް މެމްބަރުގެ ނުރުހުން ޒުވާނުންގެ ވަޒީރަށް

ގއ.ވިލިނގިލީ ކައުންސިލް މެމްބަރުގެ ނުރުހުން ޒުވާނުންގެ ވަޒީރަށް

# މިނިސްޓަރ މަޙްލޫފް# ގއ.ވިލިނގިލި# ގއ.ވިލިނގިލީ ކައުންސިލް

639F4665-21EB-4A2B-AF71-E70014D43248

ގއ.ވިލިނގިލީ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމަަށް ދިމާވެފައިވާ ދަތިތަކާއި އަދި ޓާފް ދަނޑާއި ހެދި އެރަށު ކައުންސިލް މެމްބަރު ހަބީބް ހުސެއިން ހިންހަމަނުޖެހުން ފާޅުކޮށްފިއެވެ.

ގޮސިޔާ

"ގާފު" އާއި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ބޮޑު ދަނޑު އަޅަން ނިންމާފައިވާތީ ފުޓްސެލް ދަނޑު ޓާފަށް ބަދަލުނުކުރާނެކަން ގއ.ވިލިނގިލީ ކައުންސިލްއަށް އަންގާފައިވާކަމަށް ބުނާ ބުނުމަކީ ބޮޑު އިތުރުފުޅެއްކަމުގައި ފާހަގަކުރެއްވިއެވެ. އެހެނީ މެމްބަރު ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ ދުވަހުއްސުރެވެސް ކައުންސިލްއިން ބުނަމުން އައި ވާހަކަ އަކީ ރަށުގެ ފުޓްސެލް ދަނޑުގެ މެޓްގެ ސަބަބުން އެތަން ބޭނުންކުރާ ކުޅުންތެރިންނަށް އެކި ވަރުގެ އަނިޔާތަށް ލިބޭތީ އެދަނޑުގައި އަޅާނެ ޓާފް ކައުންސިލްްއާއި ހަވާލުކުރުމަށް ކަމަށާއި، އެއްވެސް އިރަކު ޔޫތް މިނިސްޓްރީ އިން އެތަނުގައި ޓާފް އަޅުއްވައި ދެއްވުމަކަށް ނޫނެވެ.

ހަމައެހެންމެ ހަބީބް ހަސަން ވިދާޅުވިގޮތުގައި، ގއ.ވިލިނގިލީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް 90 ދުވަހުން ނިންމަން ބުނި ބުނުންވެސް ފަސްދީ ހިނގައްޖެކަމާއި އެދަނޑުވެސް ހަދަން ހަވާލުކުރިތާ 90 ދުވަހަށްވުރެ ވެސް އިތުރުވެއްޖެ ކަމަށެވެ. ހަބީބް އިތުރަށް ވިދާޅުވި ގޮތުގައި، މިނިސްޓަރ މަޙްލޫފްވެސް އަދި ޔޫތް މިނިސްޓްރީއަކުންވެސް ގއ.ވިލިނގިލީގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ދާތީ ފުޓްސެލް ދަނޑުގެ އަޅާނެ ޓާފް ދެވެން ނެތްކަމަށް އެއްވެސް ކަހަލަ ރަސްމީ ހައިސިއްޔަތަކުން ގއ.ވިލިނގިލީ ކައުންސިލްއަށް އަންގާފައިނުވާކަމަށާއި، އެހެންކަމުން އެޓްވީޓްއަކީ މިނިސްޓަރ މަޙްލޫފް ހެއްދެވި އިތުރުފުޅެއް ކަމަށެވެ.

ކައުންސިލް މެމްބަރު އިތުރަށް ވިދާޅުވިގޮތުގައި އެރަށުގެ ޔޫތް ސެންޓަރުގެ ފެންވަރުވެސް ބެއްލެވުމަށްފަހު އެތަނަށް އިތުރު އިދާރީ މުވައްޒަފުން ހަމަޖަައްސައި ދެއްވާނޭ ކަމަށް މިނިސްޓަރ މަޙްލޫފް ދެންނެވިކަމަށާއި ނަމަވެސް، މިއަދާއި ހަމައަށްވެސް އެތަނުގައި ހުންނަނީ އެންމެ އިދާރީ މުވައްޒަފެއް ކަމަށެވެ. ނަމަވެސް އެރަށުގައި ހުރި ޔޫތް ސެންޓަރަކީ ބިމުގެ ޖާގައިގެ ގޮތުންވެސް ބޮޑު ތަނަކަށް ވީއިރު، އެތަން މިއަދު އެއޮތީ ވަރަށް ދަށް ހާލުގައި ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވިގޮތުގައި ގއ.ވިލިގިއްޔަކީވެސް ދިވެހި ރާއްޖޭގެ ރަށެއް ކަމަށާއި ނަމަވެސް، ވިލިގިއްޔާއިމެދު ކުރީގެ ސަރުކާރުތަކުން އަދި މިއަދުގެ ސަރުކާރުންވެސް ތަފާތުކުުރުންތަށް ގެންގުޅޭ ސަބަބެއް ނުވިސްނުނު ކަމަށެވެ.

މިހުރިހާ ކަމެއް މިހެން ހުރި ކަމުގައިވިޔަސް، "ގާފު" އާއި ވާހަކަ ދައްކަވަމުން ގއ.ވިލިނގިލީ ކައުންސިލްގެ ރައީސް، މުސްތަފާ ވިދާޅުވި ގޮތުގައި ޔޫތް މިނިސްޓްރީއާއި ވިލިނގިލީ ކައުންސިލްއާއި ދެމެދު އެއްވެެސް ކަހަލަ ނުރުހުންތެރިކަމެއް ނެތެވެ.

2021 ވަނަ އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހު ވިލިނގިލީ ޓާފް ދަނޑުގެ މެޓްތަކުގައި ރޯކޮށް އެތަން ބޭނުން ނުކުރެވޭ ވަރަށް އަންދާފައިވުމުން އެކަން މިނިސްޓަރ މަޙްލޫފްވެސް ވަނީ ފާހަގަ ކޮށް ކުއްވެރިކޮށްފައެވެ. އަދި ހަމަ އެހެންމެ ވިލިނގިލީ ކައުންސިލްގެ ފަރާތުން މެމްބަރު ހަބީބްވެސް އެކަންވަނީ ކުއްވެރިކޮށް އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަށް ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ