ގއ. ވިލިގިނލީ ފުޓްސެލް ދަނޑުގެ ކޮންކްރީޓް ނެގުމުގެ މަސައްކަތް ކައުންސިލްއިން ފަށައިފި

ގއ.ވިލިގިނލީ ޒުވާނުން ފުޓްބޯޅަ ކުޅޭނެ އެއްވެސް ތަނެއް ނެތުމުގެ ސަބަބުން މިވަގުތުގައި އޮތް މެޓް ފުޓްސެލް ދަނޑުގެ ކޮންކްރީޓް ތަޅާލައިގެން ކޮންކްރީޓް ނެގުމުގެ މަސައްކަތް އެރަށު ކައުންސިލްއިން ކުރަން ފަށައިފިއެވެ.

"ގާފު" އަށް ވިލނގިލީ ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު ހަބީބް ހުސެއިން ވިދާޅުވި ގޮތުގައި، ކުޅިވަރާއި ބެހޭ ވުޒާރާއާއި ގއ. ވިލިނގިލީ ކައުންސިލްއާއި ދެމެދު އެގްރީމެންޓްއެއްގައި ސޮއިކޮށް، ފުޓްސެލް ދަނޑުގައި އަޅާނެ ޓާފް ދެއްވާނެ ކަމަށް މިނިސްޓަރު މަޙްލޫފް ވައުދުވެފައި ވީނަމަވެސް، އެކަން ކޮށްދީފައި ނުވާކަމަށާއި ގއ.ވިލިނގިލީގެ ބައެއް ޒުވާނުން ނުކުމެ ރަށުގެ ފުޓްސެލް ދަނޑުގައި ރޯކޮށްފައި ވުމާއިއެކު، ކައުންސިލްއާއި، ރަށުގެ ޒުވާނުންނާއި، ފުލުހުންނާއި އެއްކޮށް ބޭއްވުނު ބައްދަލުވުމުގައި މިހާރު ބޭނުންކުރެވޭ ފުޓްސެލް ދަނޑުގެ ބިން ލެވެލްކޮށް ނޯންނާތީއާއިއެކު މިކަމުގެ ސަބަބުން އެދަނޑުގައި ކުޅޭ ކުޅުންތެރިންނަށް ގެއްލުން ވާތީ، އެތަނުގެ ކޮންކްރީޓް ނެގުމުގެ މަސައްކަތް، ކައުންސިލްގެ އަމިއްލަ ހަރަދުން ކުރަން ނިންމަވާ އެކަން ކުރަން މިއަދު ފަށާފައިވާ ކަމަށެވެ.

އިތުރަށް "ގާފު" އާއި ވާހަކަ ދައްކަވަމުން ހަބީބް ވިދާޅުވި ގޮތުގައި، 4 ޖަނަވަރީ 2021 ވަނަ ދުވަހު ވިލިނގިލީ ފުޓްސެލް ދަނޑުގައި ބަޔަކު ރޯކޮށްލީ، ގއ. ވިލިނގިލީ ކައުންސިލްގެ އަގު ވައްޓާލައި، ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ހަބީބް ވިދާޅުވިއެވެ.

ހަމަ އެހެންމެ ހަބީބް ވިދާޅުވިގޮތުގައި، މިނިސްޓަރ އަހްމަދު މަޙްލޫފް ގއ.ވިލިނގިލީ ކައުންސިލްއަށް ޓާފް ދެވެން ނެތްކަމަށް ބުނުއްވި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވީނަމަވެސް، ރަސްމީ އަދި ނުރަސްމީވެސް އެއްވެސް ހައިސިއްޔަތަކުން މިނިސްޓަރ މަޙްލޫފް އަދި ޔޫތް މިނިސްޓްރީއިންވެސް ގއ.ވިލނގިލީ ކައުންސިލްއަށް ޓާފް ދެއްވެން ނެތްކަމަށް ނޫނީ ނުދެއްވާނޭ ކަމަށް ވިދާޅުވެފައިނެތްކަމަށެވެ.

ވިލިނގިލީ ޒުވާނުން ފުޓްބޯޅަ ކުޅޭ ތަނަކަށް މިވަގުތުގައި ހުރި ހަމައެކަނި ތަނަކަށް މެޓްދަނޑު ވީއިރު، އެތަނުގައި ރޯކޮށްލުމުގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ ތަނެއް ނެތިގެން ޒުވާނުން ކައުންސިލް ކުރިމަތީގައިވެސް ފުޓްބޯޅަ ކުޅުނެވެ. މިކަންކަމާއި މެދު ވާހަކަ ދެވެކި، ޒުވާނުންގެ އަޑުތަށް އަޑުއަހައި، އެއަށް ވީހާވެސް އަވަސް ހައްލެއް ހޯދައދިނުމަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށާއި، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މިހާރު  ބޭނުންކުރެވޭ ފުޓްސެލް ދަނޑުގެ ކޮންކްރީޓްނެގި، ސާފުކޮށް، ޓާފްވެސް އެޅިގެންދާނެ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

ކޮމެންޓް

One Response

  1. ކީއްވެތޯ މެޓް ރޯކޮއްލި މީހުންނާމެދު ޓެރަރިޒަމް ދަޢުވާ ނުކުރެވެންވީ؟!! އެމީހުންނާމެދު ފިޔަވަޅު އެޅެން ޖެހެންވާނެ!!! އަދި ހުޅުޖެހި މީހުންނައް އެއްބާރުލުން ދިން އެރަށު ކައުންސިލްއާ މެދުވެސް ފިޔަވަޅު އަޅަން ޖެހޭ!!!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް