logoEN
ޕީއެންސީ 2
އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

އަލްފާ އަލީ

logo

7/21/2022, 1:46:54 PM

# އިޓަލީ

220714101408-mario-draghi-0712-exlarge-169

އިޓަލީގެ ބޮޑުވަޒީރު، މާރިއޯ ޑްރަޑީ އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީ 2024

އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރެޑީ އިސްތިއުފާ ދެއްވުމަށް ރައީސް ސާޖިއޯ މަޓަރެލާއަށް ހުށަހެޅުއްވީ، އޭނާގެ ކޯލިޝަންގައި ހިމެނޭ މުހިންމު ގިނަ ޕާޓީތަކަކުން ބުދަ ދުވަހުގެ ރޭ ސަރުކާރާ މެދު އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓު ބޮއިކޮޓް ކުރުމާ ގުޅިގެންނެވެ.

މި ފިޔަވަޅުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ބޮޑުވަޒީރު މާރިއޯ ޑްރަޑީގެ އިސްތިއުފާ ގަބޫލުކުރެއްވި އިޓަލީގެ ރައީސް މަޓަރޭލާ، ގާނޫނު ހަދާ މަޖިލީހުގެ ރައީސުންނާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ދެން އޮތް ފިޔަވަޅަކީ އަވަސް އިލެކްޝަނަކަށް ގޮވާލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ