ކޮވިޑަށް ފައްސިވާ ކުޑަކުދިންގެ މިންވަރު އިތުރުވެ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ

ކޮވިޑް19 އަށް ފައްސިވާ ކުޑަކުދިންގެ އަދަދުތައް އިތުރުވެ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ އެވެ.

އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން އައިޖީއެމްއެޗްގެ ކުޑަކުދިން އެޑްމިޓްކުރާ ފަންގިފިލާ އެއްކޮށް ފުރިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދި އިތުރަށް ކުދިން އެޑްމިޓްކުރަން ޖެހޭ ނަމަ ހުޅުމާލެ ފެސިލިޓީއަށް ފޮނުވަން ޖެހިދާނެ ކަމަށެވެ.

އިއްޔެ އާއްމު ކުރި ފާއިތުވެދިޔަ ހަފްތާގެ އަދަދުތަކަށް ބަލާއިރު، އެ ހަފްތާގައި ރާއްޖެއިން ފައްސިވެފައި ވަނީ 417 މީހެކެެވެ. އޭގެ ތެރެއިން 107 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން 210 މީހަކު ކޮވިޑަށް ފައްސިވިއިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 98 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް