logoEN
ކޮކާކޯލާ
ސްލީޕް ޕެރަލައިސިސް އަކީ ކޮބާ؟ ސްލީޕް ޕެރަލައިސިސް އާއި ގުޅޭ ހުރިހާ މަޢުލޫމާތު ސަބަބާއެކު!

ސްލީޕް ޕެރަލައިސިސް އަކީ ކޮބާ؟ ސްލީޕް ޕެރަލައިސިސް އާއި ގުޅޭ ހުރިހާ މަޢުލޫމާތު ސަބަބާއެކު!

9

ރޭގަނޑުގެ ނިދިން ދަންވަރު ހޭލެވިގެން ހަރަކާތް ކުރަން އުޅުމުން ހަށިގަނޑަށް އެއްވެސް ޙަރާކާތެއް ނުގެނެވޭ ފަދަ ހާލަތެއް އިޙްސާސް ކުރެވުނު ހެއްޔެވެ؟ މިއީ ފެނުނު ހުވަފެނޭކޭވެސް ހީކުރެވިދާނެއެވެ. ނަމަވެސް މިއީ ހަޤީޤަތުގައިވެސް ކުރިމަތިވީ ކަމެކެވެ. އެތައް ފަހަރެއްގެ މަސައް މީހެއްގެ އެހީތެރިކަމަށް އެދި ގޮވަން މަސައްކަތް ކުރުމުންވެސް އަޑެއް ނުނުކުމެއެވެ. އެއްވެސް ހަރާކާތެއްވެސް ނެތި ހިރިވެސް ނުލެވި އެދުމަތީގައި އޮންނަ އިރު، އަމިއްލަ ހަށިގަނޑުގެ އެއްވެސް ކޮންޓޯރޯލެއް އަމިއްލަޔަށް ނެތްފަދައެވެ. ބަރު އެއްޗެއް ގައިމަތީގައި ބާއްވާފައި އޮތްކަހަލަ އިހްސާސެއް ގެނުވައި ނޭވާލާންވެސް ދަތިވާ ފަދަ ގޮތްތަކެއް ކުރިމަތިވެގެން ދެއެވެ. މިއީ ސްލީޕް ޕެރަލައިސިސްވުން ނުވަތަ ނީދީގައި މީހާ ގަނބު ވުމެވެ.

އަބުޅޯ

މިއީ ގިނަބަޔަކު ދަންނަ ކަމަކަށް ނުވި ނަމަވެސް 7.6 އިންސަތަ މީހުންނަށް ދިރިއުޅުމުގައި އެއްފަހަރު ނަމަވެސް ސްލީޕް ޕެރެލައިސިސް ކުރިމަތިވެއެވެ. މިފަދަ ގޮތްތަކެއް ކުރިމަތިވީނަމަވެސް ބައެއް މީހުންނަށް މިކަން ފަހުން ހަނދާން ނުހުރުމަކީ އެކަށީގެންވާކަމެކެވެ. މިލިޔުމުގައި ސްލީޕް ޕެރަލައިސިސް އަކީ ކޮބައި ކަމާއި، މި މައްސަލަ ކުރިމަތިވާގޮތާއި، ސްލީޕް ޕެރަލައިސިސް އިން ސަލާމަތްވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ހިމަނާލަމެވެ.

ސްލީޕް ޕެރެލައިސިސް އަކީ ކޮބާ؟

undefined

ސްލީޕް ޕެރެލައިސިސް އަކީ މީހާ ހޭވެރިކަން ވެފައިވީނަމަވެސް އެއްވެސް ޙަރަކާތެއް ނުވަތަ ވާހަކައެއް ނުދެއްކި މުޅިމީހާ ގަނބުވެފައިވާ ހާލަތަކަށް ކިޔާ ނަމެކެވެ. މިހާލަތު މީހާއަށް ކުރިމަތިވަނީ، ނިނދިން ހޭލެވޭ ވަގުތު ނުވަތަ ނިނދެމުން ދާވަގުތުއެވެ. ސްލީޕް ޕެރެލައިސިސް ކުރިމަތިވުމުން، ވާގިނެތުން ފަދަ އިޙްސާސެއް ކުރިމަތި ކުރިމަތި ކުރުވައި، މީހަކު ނުވަތަ ބަރު އެއްޗެއް ގައިގެ މަތީގައި އިށީދެ ނުވަތަ އޮންނަ ފަދަ އިޙްސާސްތަކެއް ގެނުވައެވެ. އަދި ބައެއް ހާލަތްތަކުގައި، ތާފާތު ސޫރަތަކާއި، ބިރުވެރި އެއްޗެހި ލޯ ކުރިމައްޗަށް ސިފަވެ، ބިރުވެރިކަން އިންތިހާއަށް ކުރިމަތި ކުރުވައެވެ.

އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލިގެން ދިޔުން

undefined

ސްލީޕް ޕެރެލައިސިސް ކުރިމަތިވުމުން، އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލީ، ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ހަށިގަނޑު ހޭލެއްވުމަށް ކުރެވޭ ކަމެއް ނޯވެއެވެ. ނަމަވެސް މަދު ބަޔަކަށް އަތާއި ފައިގެ އިނގިލިތަކަށް ކުދި ޙަރަކާތް ގެނުވައިގެން އެހާލަތުން ހަށިގަނޑު ހޭލައްވާލެވެއެވެ. ބައެއް މީހުން ސިފަކުރާގޮތުގައި މިއީ "އައުޓް އޮފް ބޮޑީ އެކްސްޕީރިއެންސް" އެއް ނުވަތަ ފުރާނަ އިރުކޮޅަކަށް ހަށިގަނޑާއި ވަކިވާ ވަގުތު ކޮޅެކެވެ. ސްލީޕް ޕެރެލައިސިސް އަކީ މަދު ސިކުންތު ކޮޅަކަށް ނުވަތަ މަދު މިނެޓް ކޮޅަކަށް ކުރިމަތިވާ ކަމެކެވެ.

ތަފާތު ބިރުވެރި ސޫރަތައް ފެނި ބިރުވެރި އަޑުތަށް އިވުން

undefined

ސްލީޕް ޕެރެލައިސިސްގެ މައިގަނޑު ނިޝާންތަކުގެ ތެރޭގައި ގަނބުވުމުގެ އިތުރުން ތަފާތު ބިރުވެރި ސޫރަތަކާއި، ބިރުވެރި އަޑުތައް އިވުން ހިމެނިގެން ދެއެވެ. އެހެން ނަމަވެސް މިއީ ފެންނަ ހުވަފެންތަކާއި ވަރަށް ތަފާތުކޮށް ކުރިމަތިވާ ކަމެކެވެ. މިގޮތުން މިފަދަ ހެލޫސިނޭޝަން ނުވަތަ ސިފަވުންތައް ކުރިމަތިވާއިރު ސިކުނޑި ވަނީ ރަނގަޅަށް ނުހޭލެވިއެވެ. ނަމަވެސް ހޭލާހުރުމުގެ އިހްސާސް މީހާއަށް ގެނުވައެވެ. މިފަދަ ހާލަތެއްގައި މީހާވުމުން ބިރުވެރިކަން ދެގުނަޔަށް ބޮޑުވެގެން ދެއެވެ.

ސްލިޕް ޕެރެލައިސިސް ކުރިމަތިވެފައިވާއިރު، ގިނަ މީހުންނަށް ތަފާތު ސޫރަތައް ހިޔަނި ހެން ފެނި ބިރުވެރި އަޑުތައް އިވެއެވެ. ބައެއް ހާލަތްތަކުގައި، ނިދާފައި އޮންނަ އެނދުން ދަމައިގެން މީހަކު ގެންދާ ފަދަ އިޙްސާސް ނުވަތަ އުދުހެވޭ ކަހަލަ އިޙްސާސް ނުވަތަ ތަފާތު ވައިބްރޭޝަންތަކެއް ހަށިގަނޑުގެ ތެރެއަށް ވަދެގެންދާފަދަ އިހްސާސްތަކެއް ކުރިމަތިކުރުވައެވެ. މިފަދަ ހާލަތްތަކުގައި އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލި މީހާ ހަމައިން ނެއްޓި ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ދެއެވެ. އެއްވެސް ހަރަކާތެއް ނުގެނެވި، އަޑެއް ނުނެރުވުމަކީ އިތުރަށް މީހާ ހާސްވުން ކުރިމަތިކުރުވާ ކަމެކެވެ.

ސްލީޕް ޕެރަލައިސިސް އަކީ ވަރަށް ކުރީ ޒަމާނުއްސުރެ ފާހަގަކުރެވިފައި ވާކަމެއް

ސްލީޕް ޕެރަލައިސިސް އަކީ ވަރަށް ކުރީ ޒަމާނުއްސުރެ ފާހަގަކުރެވިފައި ވާކަމެކެވެ. މިގޮތުން ތަފާތު ބިރުވެރި ގޮތްގޮތަށް ދޫދޫ މަތިން އައިސްފައިވާ ފޯކުލޯރު ވާހަކަތަކުން މިކަން ފާހަގަކުރެވެއެވެ. ގިނަބަޔަކު ޤަބޫލުކުރާގޮތުގައި މިއީ ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ ކަމެކެވެ. އެއްބަޔަކު ސިފަކުރާ ގޮތުގައި މިއީ ޖިންނި ހަށިގަނޑަށް ވަނުމުން ކުރިމަތިވާ ކަމެކެވެ. އަނެއްބަޔަކު ސިފަކުރާގޮތުގައި މިއީ އޭލިއަނުން އަހަރަމެންގެ ހަށިގަނޑުގެ ކޮންޓްރޯލް ނެގުމުން ކުރިމަތިވާ ކަމެކެވެ.

undefined

މިގޮތުން ކުރީޒަމާނުގެ މަޝްހޫރު ސްވިސް އާޓިސްޓެއް ކަމުގައިވާ ހެންރީ ފުސޭލީ ކުރަހާފައިވާ ފުރޭތައެއް ފަދަ ގޮތަކަށް ސިފަވާ ސޫރައެއް އަންހެނެއްގެ މޭމަތީގައި އިށީދެގެން އިންނަތަން ދަށްކުވައިދޭ މިކުރެހުމުން ސްލީޕް ޕެރެލައިސިސްގައި ވާގޮތް ވަރަށް ރީތިކޮށް ސިފަކުރުވައި، މީހާއަށް ކުރިމަތިކުރުވާ ފިއްތުން އަދި ޕްރެޝަރ ވަރަށް ފުރިހަމަޔަށް ދަށްކުވައިދެއެވެ. މިއީ ވަރަށް ކުރީއްސުރެ މިމައްސަލަ އިންސާނުންނަށް ކުރިމަތި ވެފައިވާކަމުގެ އަލިގަދަ ހެއްކެކެވެ.

ސްލީޕް ޕެރެލައިސިސް އަކީ ކީއްވެގެން ކުރިމަތިވާ ކަމެއް؟

undefined

އަހަރަމެން ނިނދުމުން، އަހަރަމެންގެ ހަށިގަނޑު އާރުއީއެމް (ރެޕިޑް އައި މޫވްމަންޓް) ސްޓޭޓް އިން ވަކިވެ، ތަފާތު ހާލަތަކަށް ރުޖޫޢަވެއެވެ. އަދި އަހަރަމެން ސިކުނޑިން ހަށިގަނޑުގެ މަސްތަކަށް ރިލޭކްސް ވުމަށް ނުވަތަ އަރާމު ކުރުމަށް ސިގުނަލް ފުނުވައެވެ. މިގޮތުން ހަށިގަނޑު އެޓޯނިއާ ކިޔާ ޚާއްސަ ހާލަތަކަށް ގެނުވައެވެ. މިހާލަތުގައި އަހަރަމެންގެ ހުރިހާ ޙަރަކާތްތައް ހުއްޓިފައި ވެއެވެ. ހުވަފެންތައް ފެނުނު ނަމަވެސް، އެ ހުވަފެންތަކާއި ގުޅުވައިގެން ޙަރަކާތެއް ނުގެނެވެއެވެ. ސްލީޕް ޕެރެލައިސިސް ކުރިމަތިވަނީ ނިދީގެ ހާލަތުން ހަށިގަނޑު ހޭލައި ނުވަތަ ހޭލައި ހުރެފައި ނިދުމުގެ ހާލަތަށް ބަދަލުވާ ވަގުތު ދިމާވާ ކޯޑިނޭޝަން މައްސަލަޔަކުންނެވެ. އަހަރަމެންގެ ސިކުނޑި ހޭލާފައި ވީނަމަވެސް، ހަށިގަނޑުގެ މަސްތައް އެޓޯނިއާ ހާލަތުގައި ވުމުން ހަރަކާތް ހުއްޓިފައި ވެއެވެ.

undefined

ސްލީޕިންގ ޕެރެލައިސިސް ކުރިމަތިވުމުން، ހެލޫސިނޭޝަން ނުވަތަ އިވޭ އަޑުތަކާއި ފެންނަ ސިފަތަކަށް ސައިންސްގެ އަލީގައި ހޯދިފައި ވެއެވެ. ބިރުވެރިކަމާއި، އިހްސާސްތަށް ގުޅިފައިވަނީ ސިކުނޑިއާއެވެ. މިފަދަ އިޙްސާސްތައް އާރުއީއެމް ސްޓޭޓުގައި ހަށިގަނޑު ވާއިރު ވަރަށްބޮޑަށް އެކްޓިވް ވެއެވެ. މިގޮތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ވަށައިގެންވާ މާހަޢުލުން ކުރިމަތި ނުވާއިރުވެސް، ސިކުނޑިން ހާލަތު ނުރައްކާކަމަށް ވިސްނުވައިދެއެވެ. އެއްވެސް ކަހަލަ ހަޤީޤަތެއް ނެތް މަންޒަރާއި އަޑު ސިކުނޑީގައި އުފައްދައި، އަސްލާ އެއްގޮތް ގޮތަކަށް ސިކުނޑިއަށް ނަގައެވެ.

ސްލީޕް ޕެރަލައިސިސް އަށް މަގުފަހިކޮށްދޭ ކަންކަން

undefined

ސްލީޕް ޕެރަލިސިސް އަކީ ޤުދުރަތީގޮތުން އިންސާނާގެ ހަށިގަނޑަށް ނިނދީގައި އަންނަ ބަދަލުތަކަކުން ކުރިމަތިވެގެންދާ ކަމެކެވެ. މިއީ ކޮންމެ ޖިންސެއްގެ ކޮންމެ އުމުރެއްގެ އަދި ސިއްޙީ ހާލަތު ކިތަންމެ ރަނގަޅު މީހަކަށްވެސް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަށް ދެކޭގޮތުގައި، ބައެއް ހާލަތްތަކާއި ގުޅިގެން ސްލީޕް ޕެރެލައިސިސްގެ ނުރައްކާ ބޮޑުވެގެން ދެއެވެ.

ނިދި މަދުވުން

ނިދިމަދުވުމުގެ ސަބަބުން ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. މިގޮތުން އިންސޯމޭނިއާ، ނާކޯލެޕްސީ އަދި ނުނިދުން ފަދަ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުންވެސް، ޝިފްޓް ޑިއުޓީ އަދާކުރާ ފަރާތްތަކަށް ސްލީޕް ޕެރަލައިސިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާ ކުރާ ފަރާތްތަށް ބުނެއެވެ.

ބަންޑުން އޮވެ ނިނދުން

ބަންޑުން އޮވެ ނިނދުމުން ސްލީޕިންގ ޕެރެލައިސިސް ކުރިމަތި ވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ބަންޑުން އޮވެ ނިނދުމުގެ ސަބަބުން، ނޭވާ ހޮޅިޔާއި ފުއްޕާމޭގެ ޕްރެޝަރ އިތުރުވެއެވެ.

ސްލީޕް ޕެރެލައިސިސް އަކީ ޖެނިޓިކްސްގ ޒަރިޔާއިން އާއިލީ ގޮތުން ވާރުތަކުރާ އެއްޗެކެވެ.

ނަފުސާނީ މައްސަލަ

ސްލީޕް ޕެރެލައިސިސް އަދި ނަފުސާނީ ހާލަތާއިވާ ގުޅުމަކީ އަދި ބަލައި ދިރާސާކުރަން ޖެހިފައިވާ ދާއިރާއެކެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާގޮތުން، ނަފުސާނީ މައްސަލަތަކާއި، ހާސްކަން ބޮޑު ދިރިއުޅުން އުޅޭ މީހުންނަށް ސްލީޕް ޕެރަލައިސިސް ކުރިމަތިވެފައި ވެއެވެ.

ސްލީޕް ޕެރަލައިސިސް އާއި ކުރިމަތިލާނީ ކިހިނެއް؟

undefined

ޝައްކެއްވެސް ނެތްގޮތުގައި، ސްލީޕް ޕެރެލައިސިސް އަކީ ނުތަނަވަސްކަން ބޮޑު، އެއްވެސް މީހަކު އިހްސާސްކުރަން ބޭނުން ނުވާ ބިރުވެރި ނުރައްކާތެރި އިޙްސާސެކެވެ. ނަމަވެސް ސްލީޕް ޕެރެލައިސިސްގެ އެއްވެސް ނުރައްކަލެއް ނެތެވެ، ސަބަބަކީ މިކަމުގެ ސަބަބުން އަހަރަމެންގެ ޖިސްމަށް ނުވަތަ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ކުރިމަތި ނުވެއެވެ. ހިތްތަކަށް ނުތަނަވަސްކަން ގެންނަ އަނެއް ޚަބަރަކީ، ސްލީޕް ޕެރެލައިސިސް އަށް އެއްވެސް ބޭހެއް ނުވަތަ ފަރުވާއެއް ނެތް ވާހަކައެވެ. މިކަމަށް ހަމައެކަނި އޮތް ހައްލެއްކަމަށް ޑޮކްޓަރުން ބުނަނީ ރަނގަޅަށް ނިދުމުގެ އާދަ އަހަރަމެންގެ ކިބައިގައި ހަރުލެއްވުމެވެ. ސްލީޕް ޕެރެލައިސިސް އަކީ އެއްވެސް ހާލެއްގައި ރޫހާނީ އެއްޗެއް ނުވަތަ ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ ކަމެއް ނޫނެވެ. ސްލީޕް ޕެރެލައިސިސް އިން ސަލާމަތްވުމަށް ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ.

ކޮންމެ ރެޔަކުވެސް އެއް ގަޑިއެއްގައި ނިދައި، އެއް ގަޑިއެއްގައި ހޭލަން އާދަކުރުން

ނިނދުމުގެ ކުރިން ކޮފީ ނުބޮއި އަދި ކެފޭން އެކުލެވޭ އެއްވެސް ބާވަތެއްގެ އެއްޗެއް ބޭނުން ނުކުރުން\

ބަންޑުން އޮވެ ނިނދުމުގެ އާދަ ދޫކޮށްލުން

ނިނދާ އެނދާއި ކައިރީގައި ފޯން، އައިޕެޑް ލެޕްޓޮޕް، އިންޓަރނެޓް ރައުޓަރ ފަދަ ރޭޑިއޭޝަން ދޫކުރާ އިލެކްޓްރޯނިކް ފަދަ ތަކެތި ނުބެހެއްޓުން

ސްލީޕް ޕެރެލައިސިސް ފަދަ ޙާލަތެއް ކުރިމަތިވުމުންވެސް، ބިރުވެރިކަން އިޙްސާސްވިކަމުގައި ވިޔަސް، މީހާ ހަމަޖެހި ހަމަޔަކަށް އެޅޭތޯ މަސައްކަތް ކުރުން ބުއްދިވެރިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ