logoEN
ކޮކާކޯލާ
ރާއްޖޭގައި ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހަން ނިންމައިފި

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހަން ނިންމައިފި

އަލްފާ އަލީ

logo

6/22/2022, 9:39:33 PM

# ކޮވިޑް ވެކްސިން# އެޗްޕީއޭ# ކޮވިޑް19

ވެކްސިން|Vaccine

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް19 ގެ ބަލިމަޑުކަން އިތުރުވެފައިވާތީވެ، ރައްކާތއރިކަމިގެ ފޮޔަވަޅެއްގެ ގޮތުގައި ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖަހަން ނިންމައިފިއެވެ.

އަބުޅޯ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ޓްވީޓު ކުރި ގޮތުގައި ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް 4 ވަނަ ޑޯޒް (2 ވަނަ ބޫސްޓަރ) ޖެހުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ދެވަނަ ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބޫސްޓަރ (3 ވަނަ ޑޯޒް) ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިވަގުތު ކޮވިޑް-19 ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ 65 އަހަރު ވެފައިވާ މީހުންނާއި 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާޢީ ނިޒާމު ބަލިކަށި މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނެވެ. އޭގެ އިތުރުން ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުންނާއި ޑައިލިސިސް ހަދާ މީހުން ވެސް ހަތަރު ވަނަ ޑޯޒް ޖެހުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ