logoEN
ޕީއެންސީ 2
ހަވަރު ޔޫތް ކަޕް 2020 - އާރްއެފްސީ ކަޓުވާލުމަށްފަހު ކާޑެއްދޫ އެފްސީ ސެމީއަށް

ހަވަރު ޔޫތް ކަޕް 2020 - އާރްއެފްސީ ކަޓުވާލުމަށްފަހު ކާޑެއްދޫ އެފްސީ ސެމީއަށް

# ހަވަރު ޔޫތް ކަޕް 2020

DSC_0489

ހަވަރު ޔޫތްކަޕް 2020 ގައި އާރްއެފްސީ ކަޓުވާލުމަށްފަހު ކާޑޭއްދޫ އެފްސީއިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޝަރީ 2024

ސެމީ ފައިނަލް ގެ ޖާގަ ކާޑެއްދޫ އެފްސީއަށް ކަށަވަރުވީ އާރްއެފްސީ މެޗުން ލިބުނު ތިން ފޮއިންޓާއި އެކުގައެވެ. މިމެޗް ކާޑެއްދޫ އެފްސީ ކާމިޔާބުކުރީ 0-6 ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި ބޯޅަތަށް ހިފަހަށްޓައިގެންވެސް ކުޅެފައިވަނީ ކާޑެއްދޫ އެފްސީ އެވެ. މެޗުގެ ފުރަތަމަ ގޯލު ފެނިފައިވަނީ ފުރަތަމަ ހާފް ފަށައިގެން ތިންވަނަ މިނެޓުގައި އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރ 10 ފޯވާޑް ޒަމްއަތު މުހައްމަދު ވަހީދް އެވެ. މި ގޯލާއިއެކުވެސް ކާޑެއްދޫ އެފްސީ ދިޔައީ ލިބެމުން ދިޔަ ފުރުސަތްތަކުގައި ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެގޮތުން މެޗުގެ ހަތާވީސްވަނަ މިނެޓުގައި ކާޑެއްދޫއިން ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު ކާމިޔާބުކޮށް ދިނީ މިޑްފިލްޑާރ ނާއީފް ޝަފީގްއެވެ.

ފުރަތަމަ ހާފް އެކޭ އެއްގޮތަށް ދެވަނަ ހާފްވެސް ކޮންޓްރޯލުކުރަމުން ދިޔައީ ކާޑެއްދޫ އެފްސީއިންނެވެ. ދެވަނަ ހާފްގެ ފަންސާސްހަވަނަ މިނެޓުގައި އާދަމް ލަރީފް ( ރޮނާ ) ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-3 ބަދަލުކޮށްލާފައެވެ. މި ގޯލުޖެހިތާ މާގިނަ އިރެއް ނުވަނީސް އާދަމް ލަރީފް ވަނީ އެނެއްކާ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލާއި އެކު އާރްއެފްސީ ޓީމުންވެސް ދިޔައީ ފުރުސަތުތަށް ތަނަވަސްކުރަމުންނެވެ. ނަމަވެސް މިއިން ފުރުސަތެއްގެ ބޭނުމެއް އެޓީމުން ހިފިފައި ނުވެއެވެ. ދެން ފެނިގެން ދިޔައީ ޒަމްއަތް ދެވަނަ ގޯލު މެޗުގެ ހަތްދިހަތިން ވަނަ މިނެޓުގްއެވެ. މި ގޯލު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް އާދަމް ލަރީފް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 6-0 ބަދަލުކޮށްލާފައެވެ.

މިއާއި އެކު މިގްރޫޕުން ސެމީފައިނަލްގެ ޖާގަ ކަށަވަރުވެފައިވަނީ ކާޑެއްދޫ އެފްސީ އާއި ހޯނޑެއްދޫ އެފްސީއެވެ. ގްރޫޕް އޭ އިން ސެމީ ފައިނަލްގެ ޖާގަތަށް އަދި ވަނީ ކަށަވަރުނުވެފައެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖްއުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ