logoEN
cocacola
ހަވަރު ޔޫތް ކަޕް 2020 - ނޮޮދާންސްޓާރގެ މައްޗަށް ފީނިކްސް ކުރިހޯދައިފި

ހަވަރު ޔޫތް ކަޕް 2020 - ނޮޮދާންސްޓާރގެ މައްޗަށް ފީނިކްސް ކުރިހޯދައިފި

DSC_9863

ހަވަރު ޔޫތްކަޕްގައި އެފްސީ ފީނިކްސް އިން ވަރުގަދަ ނޮދާންސްޓާރ ބަލިކޮށްފިއެވެ.

ގޮސިޔާ

މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ނިމިގެން ދިޔައީ 1-3 ގެ ނަތީޖާއަކުން އެފްސީ ފީނިކްސް ކުރީގައި އޮވެގެންނެވެ. ގދ ގައްދޫ އަށް ނިސްބަތްވާ މިޓީމުން ވަނީ މިމެޗްގައި ތަފާތު މޮޅުކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލީޑު ނެގީވެސް ގައްދޫ ޓީމް ފީނިކްސްއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގައި ފެށީގެން މެޗުގެ ތޭރަވަނަ މިނެޓުގައި ޖާޒީ ނަންބަރު 9 ނަޖާހް މުހައްމަދު އެވެ. މި ގޯލާއި ޖެހިތާ މާ ގިނައިރެއް ނުވަނީސް އިދިކޮޅު ޓީމް އެފްސީ ނޮދާންސްޓާރ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 11 މިޑްފިލްޑާރ އިބްރާހީމް ނިޔާޒްއެވެ.

މި ގޯލާއި އެކު ފީނިކްސް އިން ވަނީ ގިނަ ވަގުތު ބޯޅަތަށް ހިފަހަށްޓާ ގިނަ އެޓޭކްތަކޭއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމެން އުޅެނިކޮށް އެޓީމުން ވަނީ ގޯލެއް ކާމިޔާބޮކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 17 ނަދީމް މުހައްމަދު އެވެ. ދެވަނަ ހާފް ފަށައިގެން ދެޓީމުގެ ފަރާތުން މެޗުގައި ވާދަވެރި ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފްގެ ހަތްދިހަހަތްވަނަ މިނެޓުގައި އޭރިއާ ބޭރުން ނަދީމް މުހައްމަދު ވަނީ ހިތްގައިމު ޝޮޓެއް ގޯލަށް ވައްދާލާއިގެން މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލާފައެވެ. މި ގޯލާއި އެކު މެޗުގެ މޭން އޮފް ދަ މެޗުކަންވެސް ލިބުނީވެސް މޮޅު ކުޅުމެއް ދެއްކި ފީނިކްސް ޓީމުގެ ނަދީމް މުހައްމަދު އަށެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖްއުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ