logoEN
ޕީއެންސީ 2
އާއަހަރާ ސަރުކާރުން ކުރިމަތިލަނީ ޤައުމު އަލުން އާރާސްތުކުރުމުގެ އަޒުމުގައި - ރައީސް

އާއަހަރާ ސަރުކާރުން ކުރިމަތިލަނީ ޤައުމު އަލުން އާރާސްތުކުރުމުގެ އަޒުމުގައި - ރައީސް

އަހުމަދު ޝުރާއު

logo

1/1/2021, 7:21:15 PM

# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

178738_04e47b76-9_

2021 ވަނަ އަހަރާ ސަރުކާރުން މި ކުރިމަތިލަނީ ޤައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

2021 ވަނަ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވިގޮތުގައި މި ވޭތުވިދަ އަހަރަކީ އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހުނު އަދި، އެތަކެއް ޙައްޤުތަކެއް ގެންލިގެންދިޔަ އަހަރެއް ކަމަށާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު މި ބަލިމަޑުކާމާއި އެކު ކުރިމަތިވި ކަންކަމުން ސާފުވެގެން ދިޔަ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވިގޮތުގައި މި ފެށުނު އައު އަހަރާ ސަރުކާރުން މި ކުރިމަތިލަނީ އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައި ކަމަށެވެ. އަދި، އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމުގެ އަމާޒާ އެކުގައި ކަމަށެވެ. މީގެ އިތުރުން، ތަރައްޤީގެ މަޝްރޫޢުތައް ތިމާވެއްޓާ އެއްކީލިކޮށް، އިޖްތިމާޢީ މައްސަލަތައް ވެސް ޙައްލު ކުރެވި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ ޢަޒުމާއި ވެސް އެކުގައި ކަމަށެވެ.

މީގެ އިތުރުން، އިޤްތިޞާދު އާރާސްތުކޮށް، މުޖުތަމަޢަށް ކުރިމަތިވެފައިވާ އެކިއެކި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތުގައި ޢާއިލީ އަދި ފަރުދީ ފެންވަރުގައި ބައިވެރިވެ، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި، އާމްދަނީ އިތުރުކުރުމާއި، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ޚިޠާބުގައި، އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، އައު އަހަރަކީ ދިވެހި ރައްޔިތުންނާއި މުޅި ޤައުމަށް ވެސް ފާގަތި އަދި ތިޔާގި އަހަރެއް ކަމުގައި ލެއްވުން އެދި އެ މަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ