logoEN
Sto top
އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް - ރައީސް

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް - ރައީސް

އަޙްމަދު ޖަމީލު

logo

11/11/2020, 8:29:10 AM

# ރައީސް# އިބްރާހިމް މުހައްމަދު ސޯލިހް

އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Wamco

ރައީސް ޞާލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށް ވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. އަދި ކޮވިޑް-19 އާއިއެކު މިކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްވެސް ރައީސް ސާލިހް ވަނީ ޝުކުރު ދަންނަވާފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside