logoEN
cocacola
ނިހާންގެ މައްޗަށް 6 ދައުވާއެއް

ނިހާންގެ މައްޗަށް 6 ދައުވާއެއް

# އަދީބް# ibrahim mohamed solih# MMPRC# ނިހާން

1F65CDD6-EDC1-4123-A003-35360F47821D

ދިވެހިރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ޙިޔާނަތްކަމަށްވާ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޙިޔާނަތުގެ މައްސަލައިގައި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމދު ނިހާންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ގޮސިޔާ

ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސްބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެެއްވި ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ރިޝްވަތުހިފުމުގެ ކުށުގެ ދައުވާ، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އަދި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ދައުވާ ހިމެނެއެވެ. މިހުރިހާ ދައުވާއެއްގައިވެސް ވަރަށް ބޮޑަށް ކުރީގެ ނައިބުރައީސް، އަހްމަދު އަދީބުއާއި ގުޅުވައިފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކަށް ދައުލަތުން ގެއްލިފައިވާ ފައިސާތަށް ހޯދައި، އެމްއެމްޕީއާރްސީގެ ބޮޑު ޙިޔާނާތުގައި ހިމެނިފައިވާ އެންމެންގެ މައްޗަށް ދައުވާކުރުން ވެފައިވީއިރު، ރައީސް ސާލިޙް އުފެއްދި އެސެޓް އެންޑް ރިކަވަރީ ކޮމިޝަނުން މި ޙިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިސްބޭފުޅުންނާއި މިސަރުކާރުގެ ބޭފުޅުންވެސް ހިމެނެއެވެ.

މިހާތަނަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ހުކުމް ތިން ފަރާތަކަށް ކޮށްފައިވާއިރު، އެތިން ބޭފުޅުންނަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީންގެ މައްޗަށް ކުރި 5 އަހަރު ދުވަހުގެ ހުކުމާއި، އޭރުގެ ނައިބު ރައީސް އަދީބުގެ މައްޗަށް ކުރި 20 އަހަރުގެ ހުކުމާއި އަދި އޭރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޒިޔަތުގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ