logoEN
cocacola
އޭސީސީއަށް އަދީބް ހާޒިރުކޮށް ސުވާލުކޮށްފި

އޭސީސީއަށް އަދީބް ހާޒިރުކޮށް ސުވާލުކޮށްފި

އައިޝަތު އިފާޝާ

logo

9/12/2022, 2:20:38 PM

# އަދީބް

Adeeb

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ގޮސިޔާ

އަދީބު އޭސީސީއަށް ހާޒިރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށްވިޔަސް އެކަމާއި ގުޅިގެން މިހާތަނަށް އެކޮމިޝަނުން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ.

އޭސީސީން ގެންދަނީ އަދީބު އިސްވެ ހުންނަވައިގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުންނެެވެ.

އޭސީސީން އެންމެ ބޮޑު އިސްކަމެއް ދެނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށެވެ. ނަމަވެސް ކޮމިޝަނަށްު ސާފު އަދަދެއް ނޭނގެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން 37 ރަށަކާއި 12 ފަޅެއް އެކި ފަރާތްތަކަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ތިން ބިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ލަފާކުުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ