logoEN
cocacola
"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމުގައި އެމްޑީޕީ ދެމިއޮންނާނެ"

"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމުގައި އެމްޑީޕީ ދެމިއޮންނާނެ"

# އެމްޑިޕީ# ibrahim mohamed solih

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް

މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ދެމި އޮންނާނެ ކަމުގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ޞޯލިޙް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި އެމްޑީޕީ އިސްވެއޮވެ ކުރި މަސައްކަތްތަކާ މެދު ފަޚްރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ކުޑަ އުޖޫރު ފަދަ ޤާނޫނުތައް ވުޖޫދުކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

View post on Twitter

އެގޮތުން ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ އެމްޑީޕީ އަދިވެސް ދެމި އޮންނާނީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސައްކަތް ކަށަވަރުކުރުމުގައި ކަމަށެވެ.

ރައީސް ޞޯލިޙް އެފަދައިން ވިދާޅުވިއިރު، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލައި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ރެލީއެއް ބާއްވައިފައިވަނީ އޭރު ވެސް އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އިސްވެ އޮވެގެންނެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް މޭއި މަހުގެ އެއްވަނަ ދުވަހު މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ރާއްޖޭގައި އަންނަނީ ބާއްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ