"ދަގެނާ" ގެ ނަމުގައި ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

"ދަގެނާ" ގެ ނަމުގައި ގއ.ވިލިނގިލީގައި ގާއިމު ކުރި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިފިއެވެ.

އެ މަރުކަޒު ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި، ގއ. އަތޮޅު ކައުސިލްގެ ރައީސް އަހްމަދު ފުއާދެވެ.

ދަގެނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ "ދަގެނާ،"ގެ ނަމުގައި ހުޅުއްވައިދެއްވި ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމަޢާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.

އަދި މިއީ "ވަށައި ޖެހޭ" ފަދަ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށާއި. ފަރުވާގެ އިތުރުން، މި ޕްރޮގްރާމްގެ ބައިވެރިންނަށް މުޖުތަމަޢާ އަލުން ގުޅުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަމްރީނު ފޯރުކޮށްދެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް