logoEN
WAMCO TOP 1
ވާހަކަ: ތިލޯބީގެ އިންތިޒާރަށް ނިމުމެއް ނެތް

ވާހަކަ: ތިލޯބީގެ އިންތިޒާރަށް ނިމުމެއް ނެތް

# ކުރުވާހަކަ# ގާފު ކުރުވާހަކަ މުބާރާތް

og thi loabeege inthizaarah nimuh nei

THE TRAVELLER AD

އެޑިޓަރުގެ ނޯޓު: މި ވާހަކަ އަކީ ގާފު ކުރުވާހަކަ މުބާރާތަށް މަރިޔަމް ދީމާ ހަސަން ހުށައަޅާފައިވާ ވާހަކަ އެކެވެ. މިވާހަކަ ގާފު އޮންލައިންގައި ޝާއިއުކޮށްފައި މިވަނީ ވާހަކައަށް މާކްސް ދިނުމަށްފަހު، މި މުބާރާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވާހަކަ އަށް ލިބޭ ވިއުސް އަށްވެސް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ ކިއުންތެރިންގެ ޚިޔާލު ހޯދުމަށެވެ. ވާހަކައަށް މާކްސް ދިނުމުގައި ބަލާނީ ވާހަކަ ޝާއިއުކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި އެ ވާހަކައަކަށް ލިބޭ ވިއުސްގެ މައްޗަށެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެކެވެ.ސާލިނީ އިނީ ރަށުގެ އުތުރުފަރާތުގެ ބަގީޗާތެރޭގައި ހުރި އުނދޯއްޔެއްގައި އިށީނދެލައިގެން ކޮންމެވެސް ކަމަކާ ވިސްނާށެވެ.ސިއްސައިގެން ދިޔައީ އެންމެ ގާތް ރަޙްމަތްތެރިޔާ ރީޝާ އައިސް ސާލިނީގެ ކޮނޑުގައި އަތްބާއްވާލުމުންނެވެ.ދެކުދިން ވާހަކަ ދައްކާލުމަށް ކުޑައިރުކޮޅަކު ތިބުމަށްފަހު ހިނގައިގަތީ ރަށުގެ އުތުރު ފަރާތުގެ ތުޑިޔާދިމާލަށެވެ. ވަކިހިސާބަކަށް ދިޔަތަނާ ކުރިމަށްޗަށް އައިސް ހުއްޓުނީ ރަށުގެ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަވާޒް އެވެ. ފަވާޒް އަކީ އެރަށު އަންހެންކުދިންގެ ހިތްތަކުގެ ރާޖާއެވެ. ސާލިނީގެ ހިތުގައިވެސް ފަވާޒްއަށް ޖާގަ ދެވިފައި ވިޔަސް އެކަމެއް ފަވާޒްއަކަށް ނޭނގޭނޭ އެވެ.

ރީޝާ: އޭ ފަވާޒް! ސާލިނީއާ ބައްދަލުކުރަންދޯ!

ފަވާޒް: ދެން މިހާ އިރުއޮއްސުން ރީތި ހަނދުވަރުދޭ ތުނޑީގައި ސާލިނީ ނޫން ކާކާ ބައްދަލުކުރާނީ؟

ރީޝާ: ސާބަހޭ ފަވާޒް. ހާދަ ލޯތްބެކޭދޯ ތިވަނީ . މާފޮޅުވަން ތިބޭ އަހަރެން މި ގޮސްލީ..

އެހެން ބުނުމާ އެކީ ރީޝާ ބާރު ހިނގުމެއްގައި ގޮސް އެންމެ ކައިރީ އިން ގޯޅިން އަޅާލިއެވެ .ރީޝާ ދިޔުމުން ސާލިނީގެ މޫނު ރަތްވިޔެވެ.. ލަދުގަތެވެ. ފަވާޒް ކުރިމަތީ ގައި ހުރުމުން ކުރަންވީ ކަމެއް ނޭނގޭހާއެވެ. ދެއަތް މުއްކަވާ ބާރުކޮށްލީ ދާންވީ މިސްރާބުނޭގިގެންނެވެ. ސާލިނީ ދިޔުމަށް އަނެއް ފަރާތަށް އެބުރުނުވަގުތު ކައްސައިލައިގެން ވެއްޓެން ދިޔައެވެ.ނަމަވެސް ސާލިނީ ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން ސާލިނީގެ އުނަގަނޑުގައި ހިފެހެއްޓިއެވެ.ސާލިނީ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ.ސާލިނީއަށް އެންމެ ފުރަތަމަވެސް ފެނުނީ ފަވާޒްގެ އަޅިކުލަގަދަ ދެލޮލެވެ.ހަންއޮމާން ރީތި މޫނެވެ. ނިތްކުރި މައްޗަށް ވެއްޓިފައި އޮތް ފަން އިސްތަށިގަނޑުން މީހާގެ ރީތިކަން އިތުރުކޮށްދީ ފުރިހަމަކޮށް ދެއެވެ. ސާލިނީ އަވަހަށް ފުންމާގެން ތެދުވިއެވެ. ލަދުގަނެފައި ހުރިވަރުން އިތުރަށް އެތާ މަޑުކުރާކަށް ސާލިނީ ބޭނުމެއް ނުވިއެވެ.

ފަވާޒް އާއި މުހާތަބުކޮށް ސާލިނީ ބުންޏެވެ."ހިނގާ މިހެންނުތިބެ ދަމާ"ސާލިނީ މިހެންބުނުމުން ފަވާޒްގެ ތުންފަތްމައްޗަށް ލުއި ހިނިތުން ވިމެއް ވެރިވިއެވެ . ސަބަބަކަށްވީ ކޮންމެ ދުވަހަކު ސާލިނީގެ އެ ރީތި މޫނު ދެކިލުމަށް ހިތް އެދުނަސް އެމޫނު ނުފެންނާތީއެވެ.

ފަވާޒް:މައްސަލައެއް ނެތް،އަވަހަށް ހިނގާ!ވަރަށް އުފާވެއްޖެ.

undefined

ދެމީހުން މަޑު ހިނގުމެއްގައި ތަންތަން ބަލަމުން ދިޔައެވެ. ދެމީހުންގެ މެދުގައިވީ ހަމަހިމޭންކަމެވެ. ކުއްލިއަކަށް ސާލިނީ ސިއްސައިގެން ދިޔައީ ފަވާޒް އޭނާގެ އަތުގައި ހިފައިލުމުންނެވެ.ސާލިނީ ވަގުތުން ފިނިވިޔެވެ. ކޯތާފަތް މައްޗަށް ވެރިވެގެން ދިޔައީ މަޑު ރަތްކުލައެކެވެ. އިސްޖަހާލެވިގެން ދިޔައީ ބޭއިޙްތިޔާރުގައެވެ. އެ ލަދުވެތިކަމުން ފަވާޒް އަށް ނެގުނީ ތަފާތު މާނަފުން މާނަތަކެކެވެ. ފަވާޒް ސާލިނީގެ މޫނާ ގާތްވެލާ މަޑުމަޑުން ކަންފަތް ދޮށުގައި ބުނެލިއެވެ. ހިތުގައި ނެތޭ ދޮރެއްދެން ލޯބިން ފުރާކަށެއް ހަމަ / މިތުރާގެ ނަންމެ ނޫނީ ލިޔެވެން ނެތޭ މި ހިތުގައި. ފަވާޒް ހިތުގެ ޝުޢޫރުތައް ސާލިނީ ކުރިމަތީ ބަންޑުންކޮށްލީ ލޯބީގެ ޅެންބައިތަކުންނެވެ. ސާލިނީ ވަގުތުން މޫނުގައި އަތް އަލާ ފޮރުވާލީ ފަވާޒްއަށް އެ ލަދުރަކި މޫނު ނުދެއްކުމަށެވެ.

ފަވާޒް: އަހަރެން ސާލިނީ ދެކެ އިންތިހާއަށް ލޯބިވޭ އެކަމަކު ސާލިނީ ތިހެން މަޑުން ހުންނަންޔާ އަހަރެން ބަލާނީ ސާލިނީ އަހަރެން ދެކެ ލޯބި ނުވާ ކަމަށް.

ސާލިނީ: އަހަރެން ވަރަށް ކުރިން ފަށާގެންވެސް ފަވާޒް ދެކެ ލޯބިވޭ. އެކަމަކު ބުނަން ބޭނުން ނުވީ ފަވާޒް އަހަންނާ ދޭތެރޭ ދެކޭނީ ކޮންގޮތަކަށް ކަމެއް ނޭނގޭތީ.

ސާލިނީ ގެ ކޯތާފަތުގައި ހިފާ ފަވާޒް ސާލިނީގެ އެ ލޯބި ލޮލާ ހަތަރު ކަޅި ހަމަކުރިއެވެ. ދެމީހުންގެ މެދަށް ވެރިވި ހަމަހިމޭންކަން ނަގާލީ ފަވާޒްގެ ފޯނު ރިންގުވާ އަޑަށެވެ.

ފަވާޒް: މަންމަ އެގުޅަނީ ލަސްވެގެން ކަންނޭގެ.

ފަވާޒް ފޯނުނެގުމަށްފަހު މަންމަ އަށް ރައްދު ނުދީ ފޯނު ކަޑާލިއެވެ. ފަވާޒްގެ މޫނުމަތީގައި ހުރި ހިނިތުންވުން ފަނޑުވިއެވެ.

ސާލިނީ:ފަވާޒް ކީކޭތަ މަންމަބުނީ؟

ފަވާޒް:މަންމަ ބުނީ އަވަހަށް ގެއަށް ދުރުވަބަލާށޭ ކަމެއް ލައިގަނެގެންނޭ މިއުޅެނީ.

ސާލިނީ:ސާބަސް ފަވާޒްއަށް ހަމަ!މަންމަ އެހެން ބުނީމަތަ ތިހާ ދެރަވެފަ ތިހުންނަނީ. އެހެން ނުނަސް މާދަން މެންދުރު ފަހުން ކޮލެޖުންދިމާވާނެ އެންނުން. ދެން ގޮސްލީ އިނގޭ. ޓޭކްކެޔާ. ކަމެއް ބޭނުންވަންޔާ ގުޅާތި ހަނދާންކޮށް.

އެހެން ބުނުމަށްފަހު ސާލިނީ ގެއަށްދާން ދުއްވާގަތެވެ.ފަވާޒް ސާލިނީ ގެއްލެންދެން ކަޅިޖަހައިނުލާ ބަލައިގެން ހުއްޓެވެ.

އޭގެ ދެދުވަސް ފަހެވެ..................

ސާލިނީ ކޮލެޖަށްވަނީ އެންމެ ފުރަތަމަވެސް ފަވާޒްގެ މޫނު ފެންނާނެ ކަމުގެ އުންމީދުގައެވެ. އެތަށް ދުވަހަކަށްފަހު ލޯބިވާ މީހާލިބުމުން ސާލިނީ ހުރީ އުފާވެފައެވެ..އިންތިޒާރުގައި އެތަށް އިރެއްވަންދެން ހުރި އިރުވެސް ފަވާޒްގެ ހަބަރެއް ނުވިއެވެ. ގުޅި އިރު ފޮނުވަނީ ނިއްވާލާފައެވެެ. ސާލިނީ ކްލާހަށް ދިޔުމަށް ހިގާގަތް ވަގުތު ރީޝާ ގޮވާލިއެވެ.

ރީޝާ: ސާލިނީ މަޑުކޮށްބަ. މިއޮތީ ރޭގަ އަހަރެން އަތަށް ފަވާޒް ދިން ސިޓީއެއް ސާލިނީއާ ހަވާލުކުރާށޭ ބުނީ. ރަގަނޅަށް ތި ކިޔާލާތި.

ރީޝާ އެހެން ބުނިވަގުތު މޫނު މަތީގެ ކުލަވަރު ހުރި ގޮތުން ކަމެއް ގޯސްވެގެން އުޅޭކަން ސާލިނީ އަށް އެނގިއްޖެއެވެ.ސާލިނީގެ ހިތްތެޅިލިއެވެ.ހިތުގެ ވިންދު އަވަސްވިކަހަލައެވެ. ރީޝާ އެތަނުން ދިޔުމުން ސާލިނީ ސިޓީ ކިޔާލުމަށްޓަކައި ސިޓީ ހުޅުވާލިއެވެ.އަދި ސިޓީ ކިޔާލިއެވެ.

" ލޯބިވާ ސާލިނީ.އަހަރެން ސާލިނީގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން.އަހަރެން ކުއްލިގޮތަކަށް މެލޭޝިޔާއަށް ބަދަލުވާންޖެހުނީ ހިތުގެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ބައްޕަ ކުއްލިގޮތަކަށް ވަކިވުމާ ގުޅިގެން ބައްޕަގެ ވިޔަފާރީގަ ނިންމަން ޖެހޭ މުހިންމު ކަންތައްތަކެއް ނިންމަން ޖެހިގެން.

ލޯބިވާ ލޯބިވެރިޔާ!ކިތަންމެެ ދުރުގައި ހުއްޓަސް އަހަރެންގެ ހިތުގައި އަބަދުވެސްވާނީ ތިނަން. .މި ސިކުނޑީގައިވާނީ ތިހަނދާންތަށް. މިލޮލުގައި ވާނީ ތި ރީތި ތަސްވީރު.އަހަރެންގެ ހިތްތިނޫން ދެވަނަ މީހަކަށް ދޭން އެއްބަހެއް ނުވާނަން. މި ހިތަކީ ސާލިނީގެ މިލްކެއް. ސާލިނީ އާއި އެކީ ހޭދަކުރި ވަގުތު ތަކަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުތައް. އުމުރަށްވެސް ތި ބީހިލުން ނޫން ބީހިލުމެއް އަހަރެން ބޭނުމެއް ނޫން. ސާލިީނީ އަހަރެންގެ އިންތިޒާރުގައި މަޑުކޮށްލަދީ.ވަޔަފާރީގެ ހުރިހާ ކަމެއް ހަމަޔަކަށް އެޅުނީމަ ލަސްނޮކޮށް ވީހާވެސް އަވަހަކަށް ސާލިނީ ކައިރިޔަށް ދާނަން. ބިންނަން އެދޭ ތިނޫނީ ނުވެޔޭ އެހެން މަލެއް އަދު / އިންނަން އެދޭ ތިނޫނީ މީހެއް ނެތޭ މި ބިމުގައިި. ( ޅެން ބައިތެއް) މިއީ އަހަރެން ސާލިނީ އަށް ކުރާ ވަޢުދެއް)

ސާލިނީ ސިޓީ ފަށްޖެހުމަށްފަހު ދަބަހަށް ލިއެވެ. އަދި އެހެން މީހަކަށް ނުފެންނަ ގޮަތަށް ލޮލަށް ޖަމާވެފައި ތިބި ކަރުނަތައް ފޮހެލިއެވެ. އަދި ލޯ މަރާލީ ވަރަށްވެސް އަސަރުގަދަ ހިތަކާއި އެކު ލޯބިވެރިޔާގެ ހަނދާންތައް އާކޮށްލަމުން ލޯބިވެރިޔާއަށްޓަކައި އިންތިޒާރުކުރަން ވަޢުދުވަމުންނެވެ.

ނިމުނީ

ކޮމެންޓް
ފަހުގެ
HDC