logoEN
ޕީއެންސީ 2
ވާހަކަ - އެދުވަސް

ވާހަކަ - އެދުވަސް

ގާފު އެޑިޓޯރިއަލް

logo

4/23/2022, 11:27:08 PM

# ވާހަކަ# ކުރުވާހަކަ

og gaafu kuru vaahaka edhuvas

އެޑިޓަރުގެ ނޯޓު: މި ވާހަކަ އަކީ ގާފު ކުރުވާހަކަ މުބާރާތަށް މުޙައްމަދު ޝަޔާން ޝިޒާން ހުށައަޅާފައިވާ ވާހަކަ އެކެވެ. މިވާހަކަ ގާފު އޮންލައިންގައި ޝާއިއުކޮށްފައި މިވަނީ މި މުބާރާތުންގެ ޖަޖިން ޕެނަލުން ވާހަކައަށް މާކްސް ދިނުމަށްފަހު، މި މުބާރާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވާހަކަ އަށް ލިބޭ ވިއުސް އަށްވެސް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ ކިއުންތެރިންގެ ޚިޔާލު ހޯދުމަށެވެ. ވާހަކައަށް މާކްސް ދިނުމުގައި ބަލާނީ ވާހަކަ ޝާއިއުކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި އެ ވާހަކައަކަށް ލިބޭ ވިއުސްގެ މައްޗަށެވެ.
ޝަރީ 2024

ރެއަކީ އުޑުމަތި ސާފު ރީތި ރެއެކެވެ. އުޑުމަތީގައި ވިލާރޮއްޖެއްގެ މިންވަރުވެސް ނެތެވެ. ހަމދު އޭގެ ފުރިހަމަ ވާޖިބާއިގެން ދަތުރކުރަމުންދާއިރު ތަރިތަކުގެ ފިޔަޖެހުމާއި، ބެނބުޅުން ވަރަށް ފުރިހަމަވެފައި ޗާލެވެ. އެހެން ރޭތަކާ ޚިލާފަށް އަފީފުގެ ހިތުގައި ވަނީ އުފާވެރިކަމެވެ. އުންމީދެވެ. ތާރީޚުގައި އޭނާގެ ނަން ރަންއަކުރުން ފަވާލެވިގެންދާ ރެއަކަށް މިރޭ ވެގެންދިޔުމުގެ ހުވަފެނެވެ. އާދޭހެވެ. މިރެއަކީ ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފުރާންސާއި ދިވެހިރާއްޖެ ބައްދަލުކުރާ ރެއެވެ.

ގަޑިން އަށެއް ޖެހީއެވެ. އަވަސްއަވަހަށް ފަޓުލޫނު ލައިގެން ކަޅު ބޫޓަކަށް އަރައިގެން ސްޓޭޑިއަމަށް ދާން އޭނާ ނުކުތެވެ. އަފީފު އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު ޓީމުގެ ބަހަށް އެރިއެވެ. ޤައުމީ ދިދައިގެ ކުލަތައް ކަމުގައިވާ ރަތާއި ފެއްސާއި ހުދުން ދިއްލާފައިވާ އެ ހިތްގައިމު ބަހުގެ އަރާމު ގޮނޑިއެއްގައި އޭނާ އިށީންދެލިއެވެ. ބަހުގެ ތެރޭގައިވެސް ކޯޗު އިރުޝާދުދެމުން ދިޔައީ ކުޅުންތެރިންގެ އަޚުލާޤުގެ މައްޗަށެވެ. ދަނޑުމަތީގައި ރީތި ކުޅުމެއް ކުޅުމަށެވެ. ކޯޗުގެ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށެވެ. ކޯޗުގެ އެވާހަކަތަކަށް ޝައުޤުވެރިކަމާއެކު އަޑުއަހަން އަފީފު އިނެވެ. އެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާނެކަމުގެ ޔަޤީންކަން ދޭފަދަ ބީދައަކުން ބޯޖަހާލައެވެ.

ތިރީސް މިނެޓުގެ ދަތުރަކަށްފަހު ސްޓޭޑިއަމަށް އާދެވުނެވެ. ސްޓޭޑިއަމުގެ އެތެރެ ފުރި، ބޭރުގައިވެސް ސަޕޯޓަރުން ތިއްބެވެ. ސްޓޭޑިއަމުގެ ދެކޮޅުގައި ދެކުލައެވެ. ދެއަޑެވެ. ދެޓީމުގެ ސަޕޯޓަރުންނެވެ. އަފީފު އޭނާގެ ޓީމާއެކީ ވަނީ ޑްރެސިން ރޫމަށެވެ. އެތަނުގައިވެސް މެދުނުކެނޑި އިވެމުންދަނީ ކޯޗުގެ އިރުޝާދުތަކުގެ އަޑެވެ.

undefined

އަފީފު ދަނޑުމައްޗަށް ނުކުތީ ހަމަޖެހިލައިގެންނެވެ. އޭނާއަކީ ޓީމުގެ ކައްޕިއަށްވުމާއެކު އޭނާއާ ޙަވާލުވެފައިވާ ޒިންމާގެ ބޮޑުކަން އެނގިހުރެއެވެ. ވަށައިގެން ފެންނަނީ ސަޕޯޓަރުންނެވެ. އެމީހުންގެ ހިތްތައް ވަނީ އުންމީދުން ފުރިގެންނެވެ. އަފީފު ދަނޑުމަތީގައި ހުއްޓުނީ އެމީހުންގެ އުންމީދު ޙަޤީގަތަކަށް ހަދައިދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ.

ޤައުމީ ސަލާމް ނިމުނީއެވެ. ޤައުމުގެ ތާރީޚުގައި ކުޅެވޭ އެންމެ ވަރުގަދަ ފުޓުބޯޅަ މެޗުގައި ކައޕިކަން ކުރުމުގެ ފުރުޞަތު ލިބިފައި އެމެޗު ފެށުމުގެ ޝަރަފު ލިބުމަކީވެސް އަފީފަށް ލިބުނު ޚާއްޞަ އުފަލެކެވެ. އެ ތާރީޚީ މެޗު ފެށިއްޖެއެވެ. މެޗު ފެށުމާއެކީ ސަޕޯޓަރުންގެ ތަރުޙީބުގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލިއެވެ. ޓީމު މޮޅުކޮށް، ތަށި އުފުލައިދިނުމަށް އަފީފަށް އިތުރު ހިތްވަރެއް ލިބުނެވެ. މެޗުގެ ފަނަރަވަނަ މިނެޓުގައި އިދިކޮޅު ޓީމުން ދިނ ވަރުގަދަ ޙަމަލާ ހުއްޓުވާލީ ކީޕަރެވެ. ޢަފީފު ކުރީގައި ހުރިތަން ފެނުމާއެކު ކީޕަރު ކީޕަރު ޖަހާލި ބޯޅަ މެދު ރޮނގު ހުރަސްކޮށް ފުރާންސުގެ އޭރިޔާ ތެރެއަށް ވަނެވެ. އަފީފު ބޯޅައާއެކު އޭނާއަށް ދުވެވޭ އެންމެ ބާރު ދުވެލީގައި ދުވެގަތެވެ. އިދިކޮޅޮ ޓީމުން އެނާ ހުއްޓުވަން ކުރެވޭނެ މާބޮޑު ކަމެއް ނެތުމާއެކު ޑިފެންސް ލައިނުން އޭނާ ވައްޓާލަން ނިންމިއެވެ. ނަމަވެސް އެ ވެގެންދިޔައީ އެންމެ ރަނގަޅު ނިންމުމަކަށް ނޫނެވެ.

އަފީފު ވައްޓާލަން އެއްލި ފައި ގޮސް ޖެހުން އޭނާގެ ބުރަކަށީގައެވެ. އާދަޔާޚިލާފު ބާރުމިނެއްގައެވެ. ފައިން ޖެހުނުލެއް ބާރުކަމުންނާއި، ޖެހުނު ހިސާބުގެ ގޮތުން އަފީފު ހޭނެތިގެން ވެއްޓުނެވެ. އަޚުލާޤީ މިންގަނޑާ ޚިލާފަށް ކުރެވުނު ފައުލަކަށް ވާތީ އިދިކޮޅު ޓީމުގެ ދިފެންޑަރަށް ރަތްކާޑެއް ދައްކާ ދަނޑުން ބޭލިއެވެ.

މެޑިކަލް ޓީމު ވަގުތުން ދަނޑުމައްޗަށް އެރިއެވެ. އަފީފުގެ ބުރަކަށީގެ ބަދައަކަށް ގެއްލުން ލިބިފައިވާކަމަށް މެޑިކަލް ޓީމުން ލަފާކުރިއެވެ. އޭނާ އެމްބިއުލަންސަށް އަރުވައިގެން ވަގުތުން ހަސްފަތާލަށް ގެންދިޔައެވެ. އޭނާގެ މައިބަދައަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެކްސްރޭއިން އެނގުނެވެ. އޭނާގެ ޙާލަތު މުޅިން ރަނގަޅުކުރެވެން ނެތްކަމަށާއި، ދިގުމުއްދަތަކަށް އަމިއްލައަށް ތެދުނުވެވި އޮންނަންޖެހިދާނެކަމަށް ހިތާމައާއެކު ޑޮކްޓަރުން ބުންޏެެވެ.

އަޚުލާޤީ ކުޑަ މައްސަލައެއް ބަދަލުވީ އިޙުސާސް ނުކުރެވޭހާ ބޮޑު ޙާދިސާ އަކަށެވެ. މެޗުން މޮޅުވުމަށްޓަކައި ކުރި ފައުލަކުން އިންސާނެއގެ ޙަޔާތް އަނދިރި ކޮއްލެވުނީއެވެ. އުންމީދުން ފުރިގެންވާ ހިތެްގެ އަހުލުވެރިއެއްގެ އުންމީދުތައް ފުނޑުފުނޑުވީއެވެ. އެތަކެއްހާސް ރައްޔިތުންގެ ހުވަފެން ގެއްލިދިޔައީއެވެ. އަފީފަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާގެ މުޅި ޙަޔާތް ވޭތިކުރަން ޖެހުނީ ވޭނާއި، ފުން ހިތާމައާ އެކުގައެވެ. އެދުވަހަކީ އަފީފުގެ ޙަޔާތުގައި ކުރިމަތިވި އެންމެ ހިތާމަވެރި، ނާމާން ދުވަހެވެ. ބަލިއެނދުގައި އޮތްނަމަވެސް، ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، މުޅި ޤައުމުގެ ރައްޔިތުންގެ ހަމްދަރުދީއާއި، ހިތްވަރު އަފީފަށް އޮހެމުންދިޔައެވެ. ނަމަވެސް އެދުވަސް އަފީފުގެ ހަނދާނުން އެންމެ ސިކުންތަކަށްވެސް ފިލައި ނުދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ