logoEN
cocacola

ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ މެއިން ސްޕޮންސަރ އަކަށް ވެލްކޯ ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

ވެލްކޯ އަކީ ފުޅާ ދާއިރާއެއްގައި ހުވަދު އަތޮޅަށް ގޭހާއި ފެން އެތެރެކުރާ ވިޔަފާރި އެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރކަން ވެލްކޯއިން ނެގި އިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. އޮފިޝަލް ޕާޓްނަރަކަށް ޔޫތު މިނިސްޓްރީ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ.

ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އާއި ހަވަރު ސްޕޯޓްސް އަދި އަކުއަ ޕެރެޑައިސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.

އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ