logoEN
cocacola
ރަޝިއާގެ ޤައުމީ އެއާލައިނުން ބައިނަލްއަޤުވާމީ ދަތުރުތައް ހުއްޓާލަނީ

ރަޝިއާގެ ޤައުމީ އެއާލައިނުން ބައިނަލްއަޤުވާމީ ދަތުރުތައް ހުއްޓާލަނީ

އައިޝަތު އިފާޝާ

logo

3/5/2022, 8:13:45 PM

# ރަޝިއާ# ރަޝިއާ - ޔޫކްރެއިން# އޭރޯފްލޮޓް

batch_0-1

ރަޝިޔާގެ ގައުމީ އެއާލައިން އޭރޮފްލޮޓްއިން ކުރަމުން އަންނަ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފި އެވެ.

ގޮސިޔާ

އޭރޮފްލޮޓުން ބުނީ، އެއެއާލައިނުން ކުރަމުން އަންނަ ބައިނަލްއަގުވާމީ ދަތުރުތައް (ބެލަރޫސް ފިޔަވާ އެހެން ހުރިހާ މަންޒިލަކަށް) އަންގާރަ ދުވަހުން ފެށިގެން ދަތުރު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހާއި ހަމައަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ވެސް އެއާލައިނުން ދަތުރު ނުކުރެވޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

އެގޮތަށް ނިންމާފައިވަނީ ރަޝިއާ އާއި ޔޫކްރޭނާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ ގައުމުތަކުން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމުން އެއާލައިނަށް ވެސް ގެއްލުންތަކެއް ލިބިފައިވާތީ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގިނަ ގައުމުތަކުން ރަޝިއާގެ ފްލައިޓްތައް އެގައުމުތަކުގެ ވައިގެ ސަރަހައްދަށް ރަޝިއާގެ އެއާލައިންތައް ވަނުން މަނާ ކުރުމުން އެއެއާލައިން ދަތުރު ކުރާ ރާސްތާ ވެސް ބަދަލު ކުރަން ޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޭރޯޕްލޮޓް އަކީ ރާއްޖެއަށްވެސް ދަތުރުކުރަމުން އަންނަ އެއާލައިނެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ