logoEN
cocacola
ރަހީނުވިކަމަށް ބުނެ އޮޅުވާލި ކަން ފަޅާއެރީ ހައަހަރު ފަހުން

ރަހީނުވިކަމަށް ބުނެ އޮޅުވާލި ކަން ފަޅާއެރީ ހައަހަރު ފަހުން

އައިޝަތު އިފާޝާ

logo

3/5/2022, 7:13:39 PM

# ހޮޅުއަށި

35042752-8897417-Papini_now_38_has_lived_a_reclusive_live_since_her_disappearance-a-33_1604074439881

އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ ޝެރީ ޕަޕިނީ، 2016 ވަނަ އަހަރު ރަހީނުކުރިކަމަށް ބުނެ އޮޅުވާލި އޮޅުވާލުން ހައަހަރު ފަހުން ފަޅާއަރައިފި އެވެ.

ގޮސިޔާ

އޭނާ ރަހީނުކުރިކަމަށް އޮޅުވާލައި ކެލިފޯނިއާގެ ވިކްޓިމް ކޮމްޕެންސޭޝަން ބޯޑުން ފައިސާ ހޯދުމުގެ މަގުސަދުގައެވެ. އެގޮތުން އޭނާ ވަނީ 2017ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް 30،000 އެމެރިކާ ޑޮލަރު ކޮމްޕެންސޭޝަން ބޯޑުން ހޯދާފައެވެ.

ދެ ދަރިން ލިބިފައިވާ ޕަޕިނީ ގެއްލިގެން 2016ވަނަ އަހަރު ނޮވެމްބަރު މަހު 2 ވަނަ ދުވަހު ރިޕޯޓްކުރީ އޭނާގެ ފިރިމީހާ ކެއިތު އެވެ. އެ ރިޕޯޓާއެކު ކެލިފޯނިއާގެ އިދާރާތަކުން އޭނާ ހޯދަން ފެށިތާ 22 ދުވަސް ފަހުން ނޮވެމްބަރު މަހު 24 ވަނަ ދުވަހު އޭނާ ފެނުނު އިރު އޭނާގެ އަތް އޮތީ ބަނދެވިފައެވެ. އަދި އޭގެ އިތުރުން އޭނާގެ ބޯ ބާލައި، ނޭފަތްވެސް ވަނީ ފަޅައިގެން ގޮސްފައެވެ.

މި މައްސަލަ ތަހުގީގުކުރުމަށް އެފްބީއައި އިން އޭނާގެ ހެދުމުން ޑީއެންއޭ ނަގައި ކުރި މަސައްކަތަށް ކުރިއެރުމެއް ލިބުނީ 2020ވަނަ އަހަރު ކޮންމެވެސް މީހަކާ ޑީއެންއޭ ދިމާވުމުންނެވެ.

ޑީއެންއޭ ދިމާވެފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއާއެވެ. އޭނާ ވަނީ އެހުރިހާ ކަމެއް ހިނގާދިޔަގޮތް ކިޔައިދީފައެވެ. އޭނާ 22 ދުވަސް ވަންދެން ފިލައިގެން އުޅުނީ އެޕާޓްމަންޓެއްގައެވެ. އެއީ އޭނާގެ ގެއާއި 600 މޭލު ދުރުގަ ހުންނަ ގެއެކެވެ. މި 22 ދުވަހު ފަލައިގެން އުޅުނުކަން އޭނާގެ އާއިލާ އާއި އިދާރާތަކަށް މިހާރުވަނީ އެނގިފައެވެ.

އޭނާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އޭނާ އަށް މަދުވެގެން 20 އަހަރުގެ ޖަލުހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުން އިތުރު 5 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ