
FMv0pwjVcAIyylB (1)
ގދ ކާޑެއްދޫ އެއާޕޯޓު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކުންފުނީގެ ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 2013 ގައި ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ވިލާ އެއާ އިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ އެއްބަސްވުން އުވައިލީ ގޯސްކޮށް ކަމަށާއި އެހެންވެ އެތަން އަނބުރާ ދިނުމަށެވެ. އަދި އެހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށް އެ އެއާޕޯޓް ވިލާއަށް ދިނުމަށް އަމުރު ކޮށްފައެވެ.
އެ ހުކުމާ ގުޅިގެން، ވިލާ އެއާއަށް އެ އެއާޕޯޓް އަލުން ހަވާލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ކުރަމުން އައިސް އެކަމުގައި އެއްބަސްވުންތަކަކަށް އާދެވި މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު އެވެ. އެ އެއްބަސްވުމުގައި ހުރި މުހިންމު ކަންކަމުގެ މައުލޫމާތު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ވިލާއިން އެ އެއާޕޯޓާއި ހަވާލުވީ ފަޅުރަށެއް ނުވަތަ ފަޅެއް ލިބުމުން ކަމަށް ބެލެވެއެވެ. އެއީ ފަޅުރަށެއް ނުވަތަ ފަޅެއް ނުލިބެނީ އެ އެއާޕޯޓާ ހަވާލު ނުވާނެކަމަށް ވިލާއިން ތަކުރާރުކޮށް ވިދާޅުވެފައި އޮތުމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި އެ އެއަރޕޯޓާ ރަސްމީކޮށް ހަވާލުވުމަށް ގާސިމް މިއަދުގެ ވަގުތެއްގައި ކާޑެއްދޫ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގާސިމް އާއެކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމެއްވެސް ވަޑައިގަންނަވާނެ އެވެ.
ގުޅުންހުރި

ގާސިމްގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ މާމިގިލީ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

އެމްއެންޑީއެފް އިން ކާޑެއްދޫގައި ކުރިއަށްގެންދިޔަ "ރެސްކިއު ސްވިމިން ޕްރޮގްރާމް"ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކާޑެއްދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުންނަށް ރެސްކިޔު ސްވިމިންގ ޕްރޮގްރާމެއް ފަށައިފި
