
ކާޑެއްދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުންނަށް ރެސްކިޔު ސްވިމިންގ ޕްރޮގްރާމެއް ފަށައިފި
# ކާޑެއްދޫ އެއަރޕޯޓު# އެމްއެންޑީއެފް--
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ގދ.ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތްކުރާ ފަޔަރފައިޓަރުންނަށް އަމާޒުކޮށްގެން ރެސްކިޔު ސްވިމިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތްކުރާ 12 ފަޔަރފައިޓަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް، ރެސްކިޔު ސްޓްރޯކްސް، ރެސްކިޔު ޖަމްޕްސް، ރެސްކިޔު ޑައިވްސް، އެޕްރޮޗިންގ ސްކިލްސް، އަދި ރެސްކިޔު ސްވިމިންގއާ ބެހޭ ތިއޮރީ ބައިތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކާޑެއްދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ސިފައިންނެވެ.
ގުޅުންހުރި

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި ހިތަދޫ ކޯއްޓޭއާ ދިމާލަށް އޮޔާ ދަނީ!

އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ޑިޒާސްޓަރ ރިލީފް އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި

މާލޭގެ އުސްފަސްގަނޑު ސަރަހައްދުން މިރޭ ހަވާއަރުވަނީ!
