
އެމްއެންޑީއެފް އިން ކާޑެއްދޫގައި ކުރިއަށްގެންދިޔަ "ރެސްކިއު ސްވިމިން ޕްރޮގްރާމް"ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
# ކާޑެއްދޫ އެއަރޕޯޓު# އެމްއެންޑީއެފްރެސްކިއު ސްވިމިންގ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން..
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ، ފަރާތުން ގދ.ކާޑެއްދޫ އެއާރޕޯޓްގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުންނަށް އަމާޒުކޮށްގެން އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ " ރެސްކިއު ސްވިމިންގ" ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބާއްވައިފިއެވެ.

ކާޑެއްދޫ އެއަރޕޯޓްގައި ބޭއްވި މިރަސްމިއްޔާތުގައި އެއަރޕޯޓްގެ މެނޭޖަރު އަހުމަދު ހަބީބް އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްސް ކާޑެއްދޫ ޕޯސްޓުގެ އޮފިސަރ އިންޗާޖު އަލީ ރިޝްވާންގެ އިތުރުން ގދ. އަތޮޅު ކައުންސިލް ރައީސް އަދި ނައިބް ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ.
މި ޕްރޮގުރާމްގައި ބައިވެރިވި 14 ފަޔަރ ފައިޓަރުންގެ ތެރެއިން ފަސް ބައިވެރިއަކު ގޯލްޑް ސެޓްފިކެޓް ހާސިލުކުރިއިރު، ތިން ބައިވެރިއަކު ސިލްވާ ސެޓްފިކެޓް އަދި ހަ ބައިވެރިއަކު ވަނީ ބްރައުންޒް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މީގެ އިތުރުން މި ޕްރޮގުރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި ބައިވެރިންނަ ށް ޝަރަފްވެރި މެހެމާން ހަސަން ފައިހަތު ގުދުރަތުﷲ ސެޓްފިކެޓް ހަވާލުކޮށްދެއްވިއިރު، މި ޕްރޮގުރާމް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި އެމްއެންޑީއެފްގެ މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ގދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް ހުސެއިން ވާރިޝް އެވެ.
ގުޅުންހުރި

އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި ހިތަދޫ ކޯއްޓޭއާ ދިމާލަށް އޮޔާ ދަނީ!

އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ޑިޒާސްޓަރ ރިލީފް އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި
