
!ތިނަދޫ ރައްޔިތުންގެ ފޯނުތައް ޗާޖްކޮށްދިނުމުގެ ޙިދުމަތް ދިރާގާއި އުރީދޫއިން ކޮށްދެނީ
# ދިރާގު# ގދ.ތިނަދޫ# ކަރަންޓު# އުރީދޫD6F64BD0-2CFC-4C81-8621-35B7937BFDD3
ރޭ ދަންވަރު 3:15 ގައި ގދ.ތިނަދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ކަރަންޓު ކެނޑުމާއި ގުޅިގެން ދިރާގާއި އުރީދޫއިން ތިނަދޫގެ ރައްޔިތުންގެ ފޯނުތައް ޗާޖް ކޮށްދިނުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެގޮތުން އުރީދޫއާއި ދިރާގުން ވަނީ ރަށުގެ އެކި ސަރަހައްދުގައި ޗާޖިން ސްޓޭޝަންތައް ގާއިމްކޮށްފައެވެ.
ކަރަންޓު ކެނޑުނުތާ ގާތްގަޑަކަށް މިހާރު 10 ގަޑިއިރު ވީއިރުވެސް ކަރަންޓު ލިބިފައި ނުވުމުން ވަރަށް ބައިވަރު ދަތިތަކަކާއި ކުރިމަތިވެފައިވާކަމަށް އެކި އެކި ރައްޔިތުންވެސް ދަނީ ހާމަކުރަމުންނެވެ. ތިނަދޫ އިންޖީނުގޭގައި ރޯވެފައިވަނީ ފުރަތަމަ ފަހަރު ކަރަންޓު ކެނޑުމުގެ ސަބަބުން އަލުން ކަރަންޓު ދޭން މަސައްކަތް ކުރަމުން ދަނިކޮށް އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ހުރިހާ ފަރާތްތަކުން އެކުގައި ކަރަންޓު އަބުރައި ދިނުމުގެ މަސައްކަތްތަަށް ކުރަމުން އެބަ ގެންދެއެެވެ. އެގޮތުން މިއަދު ހަވީރު މާލެއިން އިންޖިނިއަރެއް ގެނެސްގެން މައްސަލަ ހައްލު ކިރުމަށް ވަނީ ނިންމާފައެެވެ. .
މިއީ ތިނަދޫ އިންޖީންގޭގައި އަލިފާންރޯވެ ރައްޔިތުން ކަރަންޓު ނުލިބި ތިބެންޖެހޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ގައިވެސް ތިނަދޫ އިންޖީންގޭގައި ވަނީ އަލިފާންގެ ހާދިސާއެއް ހިނގާފައއެވެ. އެ ފަހަރު އެ ރަށުގެ އިންޖީނުގެ އަނދައި ބޮޑެތި ގެއްލުންތަކެއް ވެ 5 ދުވަސް ވަންދެން ކަރަންޓު ނުދެވި ދިޔައެވެ.
ގުޅުންހުރި

ދިރާގުގެ އަހަރީ ދުވަހާއި ގުޅޭ ޚާއްސަ ޕްރޮމޯޝަން: ސްޕީޑް ބޯޓެއް ހޯދުމުގެ ފުރުސަތު!

އެންމެ ފަހުގެ ގްލޯބަލް ސުޕަ ހައިވޭ ސީ-މީ-ޑަބްލިއުއީ 6 ސަބްމެރިން ކޭބަލް ރާއްޖެއަށް!

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!
