
kanduhulhudhoo futsal (1)
ގއ.ކަނޑުހުޅުދޫ ގައި ބާއްވާ ލިބޭ ފުޓްސެލް މުބާރާތް މި މަހު 20 ގައި ފަށަން ނިންމައިފިއެވެ.

މިމަހު 20އިން 27އަށް ގއ ކަނޑުހުޅުދޫގައި ބާއްވާ މިމުބާރާތުގައި މިއަހަރު ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ރަށުން ބޭރުން ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 2 ރަށެއްގެެ ޓީމުތަކަށެވެ. އެއީ ގއ ގެމަނަފުށީގެެ ޓީމަކަށާއި ގދ ގައްދޫގެ އެއްޓީމަށެވެ. އަދި މުބާރާތް ބާއްވާ ކަނޑުހުޅުދޫއިން މި މުބާރާތުގައި 4 ޓީމް ވަނީ ބައިވެެރިވެފައެވެ. ކަނޑުހުޅުދޫގެެ ކަންމަތީ ސްޕޯޓްސް ކްލަބްއިން އިންތިޒާމު ކުރާ މި މުބާރާތުގެެ އެއްވަނައަށްދާ ޓީމަކަށް 10،000 ގެ ފައިސާގެ އިނާމެެއް ވަނީ ހަމަޖައްސާފައެވެ.
މިމުބާރާތް އިންތިޒާމް ކުރާ އޮފިޝަލަކު ގާފު އޮންލައިންނަށް މައުލޫމަތި ދެމުން ބުނި ގޮތުގައި މި މުބާރާތަކައީ ހުވަދޫގެ އަތޮޅުގެ ހުރިހާ ރަށްތެކެއްގެެ މެދެގައި ގުޅުން ބަދަހި ކޮށް އެކަތިގަނޑަކަށް ހެދުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތަކީ ކުރިޔަށް އޮތް އަހަރުތަކުގައި ވަރަށްވެސް ފުޅާކޮށް ކުރިޔަށް ގެންދާނެެ މުބާރަތެއްކަމަށް އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފެއެވެ.
މި މުބާރަތުގައި ރާއްޖޭގެ ފުޓްސަލް ކިންގުން ފެނިގެންދާނެއެވެ. އެގޮތުން ފުޓްސަލްގައި ނަންމަޝްހޫރު ހާއްޕެ އަދި އަޔާވެސް މި މުބާރާތުގައި ފެނިގެން ދާނެ ކަން މިހާރު ވަނީ ކަށަވަރުވެެފައެވެ. މުބާރާތުގައި ކުޅުމަށް ރަށުން ބޭރުން އައި ކުޅުންތެރިންގެ ތެރެެއިން މާލެ ސަރަހައްދުން އައި ކުޅުންތެެރިން ކަރަންޓީން މުއްދަތު ހަމަކޮށް ޓީމުތަކުގެ ފަރިތަކުރުންތަކާއި ވަރަށް އަވަހަށް ގުޅޭނެއެވެެ.
މިމުބާރާތަކީ ލިބޭގެ ބޮޑު ސްޕޮންސާއަކާއި އެކު ބޭއްވޭ މުބާރާތެކެވެ.
ގުޅުންހުރި

ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމުގެ ޖާޒީ ހަވާލުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހު 31 ގެ ނިޔަލަށް

ސްޕޯޓްސް ކޮމްޕްލެކްސް ތަކާއިއެކު އިންޑޯ ކުޅިވަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެ
