logoEN
cocacola
ލަންކާގައި މަރުވާ މުސްލިމުން ގެނައުމަކީ މުސްލިމުންނާއި ދެކޮޅަށް އެ ގައުމު ހިންގާ ކަންކަމަށް ކުރެވޭ ތާއީދެއް: މައުމޫން

ލަންކާގައި މަރުވާ މުސްލިމުން ގެނައުމަކީ މުސްލިމުންނާއި ދެކޮޅަށް އެ ގައުމު ހިންގާ ކަންކަމަށް ކުރެވޭ ތާއީދެއް: މައުމޫން

އަޙްމަދު ޖަމީލު

logo

12/15/2020, 4:41:29 PM

# މައުމޫން އަބްދުލްޤައްޔޫމް

Maumoon

ކޮވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ނިންމައިފިނަމަ އެކަންވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެ ވޭތާއީދަކަށް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެެވެ.

ގޮސިޔާ

ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް، ވަޅުލެވޭ ގޮތް ހެދުމަށް ދިވެހި ސަރުކާރުން މަޝްވަރާތައް ފެށުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުމަށް ރާއްޖޭގެ ގިނަ އިލްމުވެރިންގެ ވަނީ ތާއީދު ކޮށްފައެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ރާއްޖެއިން ކޮށްދޭންޖެހޭނެ ކަމެއްނޫންކަމަށެވެ.

View post on Twitter

މި މައްސަލާގައި މައުމޫން އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ