logoEN
ޕީއެންސީ 2
އެންމެ ފުރަތަމަ އަޑަށްވުރެ ބާރަށް ދަތުރުކުރި ޕައިލެޓް 97 އަހަރުގައި މަރުވެއްޖެ

އެންމެ ފުރަތަމަ އަޑަށްވުރެ ބާރަށް ދަތުރުކުރި ޕައިލެޓް 97 އަހަރުގައި މަރުވެއްޖެ

ގާފު އެޑިޓޯރިއަލް

logo

12/9/2020, 12:23:09 AM

5636634636713984

ދުނިޔެއިން އެންމެ ފުރަތަމަ އަޑަށްވުރެ ބާރަށް ދަތުރު ކުރި މަޝްހޫރު ޓެސްޓް ޕައިލެޓް ޗަކް ޔޭގަރ 97 އަހަރުގައި، މިދިޔަ ހޯމަ ދުވަހު މަރުވެއްޖެއެވެ. އޭނާ މަރުވިކަން ކަށަވަރު ކޮށްފައި ވަނީ އޭނާގެ ރަސްމީ ޓްވިޓާރ އެކައުންޓުގައި އޭނާގެ އަނބިމީހާ ވިކްޓޯރިޔާ އެވެ.

ޝަރީ 2024

ޔޭގަރ ފާހަގަ ކޮށްލެވެނީ އޭނާގެ ޒަމާނުގައި އުޅުނު އެންމެ މޮޅެތި ހަނގުރާމަ މަތީ ޕައިލެޓުންގެ ތެރެއިންނެވެ. އޭނާ ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވެ އޭނާގެ ޤާބިލުކަން ދައްކާލާފައެވެ. އެ ހަނގުރާމައިގައި އޭނާ ވަނީ އިދިކޮޅު 11 ހަނގުރާމަ މަތީ މަތިންދާބޯޓު ވައްޓާލާފައެވެ.

1923 ވަނަ އަހަރު އެމެރިކާގެ ދަނޑުވެރި ޢާއިލާ އަކަށް އުފަންވި ޔޭގަރ އެންމެ ޚާއްސަވަނީ 1947 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ދުނިޔެއިން އެންމެ ފުރަތަމަ އަޑަށް ވުރެ ބާރަށް ދަތުރުކޮށް ރެކޯޑު ހެދުމުންނެވެ. އޭނާ އެފަހަރު ރެކޯޑް ހަދާފައިވަނީ ގަޑިއަކު 700 މޭލު ބާރު މިނުގައި ދުއްވައިގެންނެވެ.

ޔޭގަރ ވަނީ 2012 ވަނަ އަހަރު އުމުރުން 89 އަހަރުގައިވެސް ފަސިންޖަރެއްގެ ގޮތުގައި ހުރެ އަޑަށް ވުރެ ބާރަށް ދަތުރު ކޮށްފައެވެ. މިއީ އޭނާ އެންމެ ފުރަތަމަ އަޑަށްވުރެ ބާރަށް ދަތުރުކޮށް ރެކޯޑު ހެދިތާ 65 އަހަރު ވުމުގެ މުނާސަބާތުގައި ކުރި ދަތުރެކެވެ.

ޕައިލެޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަ ކުރި ޔޭގަޔ ވަނީ 150 އައްވުރެ ގިނަ ހަނގުރާމަ މަތީ މަތިންދާބޯޓު ދުއްވައި، ވައި މަތީގައި 10،000 އައްވުރެ ގިނަ ގަޑިއިރު ހޭދަ ކޮށްފައެވެ.

އޭނާ މަރުވުމާއެކު ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާ މަރުވި ސަބަބެއް ހާމަ ކޮށްފައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ