logoEN
ޕީއެންސީ 2
ލޯބީގެ ތިން "ސްޓޭޖް" އެއް!

ލޯބީގެ ތިން "ސްޓޭޖް" އެއް!

އަޙްމަދު ޖަމީލު

logo

12/8/2020, 4:26:59 PM

wp5316866

ދިރުއުޅުމުގައި އެތަކެއް މީހުނާ ލޯބީގެ ގޮތުން ގުޅުން ބަދެހިކުރެއެވެ. ލޯބީގައި ނާކާމިޔާބު ވުމަކީ ގިނަބަޔަކު ތަހައްމަލު ކުރަން ޖެހޭ ވޭނެކެވެ. ލޯތްބަކީ އެ އިހުސާސު ތަކެއް ވުމުން ތިމާ އެއްކޮށް ކަނު ކޮއްދޭ އެއްޗެއްގެ ގޮތުގައި ބައެއް މީހުން ބުނެއެވެ. ގިނަ ފަހަރު "ލޯބި" މިބަސް އިވުމުންވެސް ބައެއް މީހުންގެ ހިތް އަވަސް ކޮއްދެއެވެ.

ޝަރީ 2024

އެންމެ ފުރަތަމަ ލޯބި މި ވެވެނީ ތިމާގެ ހަޔާތުގެ އެންމެ ޅަ އުމުރުގައި

އެންމެ ފުރަތަމަ ލޯބި މި ވެވެނީ ތިމާގެ ހަޔާތުގެ އެންމެ ޅަ އުމުރުގައިއެވެ. އަސްލު ހަގީގަތުގައި އޭރު ލޯތްބަކީ ކިހިނެއްް ވާ ކަމެއްކަންވެސް ނޭނގޭނެވެ. "ލޯބި" މިބަސް ހަމައެކަނި އިނގޭކަމެވެ. އޭރު ގުޅުން ބަދަހި ކޮއްގެން އުޅޭ ކުއްޖާއާއި ކޫސަނި ކަންކަމުގައި ޒުވާބުކޮށް، ތަޅާފޮޅުމަކީ އާންމުކަކެވެ. ގިނަ ފަހަރު އެކަހަލަ ޒުވާބެއް މެދުވެރިވެ ނިމުމުން ގުޅުންވެސް އޮންނަނީ ނިމުމަކަށް އައިއްސައެވެ. ދުވަސްތައް ފާއިތުވެ މާޒީއަށް ބަލާލުމުން އެެއިރު ވެވުނީ ލޯބި ނޫންކަމަށް ގިނަބަޔަކަށް ހީވެއެވެ. ނަމަވެސް ހަޤީގަތަކީ އެއީ ވެސް ލޯތްބެކެވެ. އެ ލޯތްބަކީ ތިމާއަށް އޭރު ދަސްވި ލޯތްބެވެ.

ދިރިއުޅުމުގައި ފިލާވަޅުތަކެއް ދަސްކޮށްދޭ ލޯބި

ހަޔާތުގައި ކުރިއަށް ދާވަރަކަށް އައު މީހުނާ ދިމާވެ، ތިމާ ހިތްގަޔާވަ މީހަކާ އަނެއްކާވެސް ދިމާވެއެވެ. މި އަންނަނީ މިބުނާ ދެެވަނަ ލޯބިއެވެ. މިއީ އެންމެ އުދަނގޫ ގުޅުމެވެ. ގިނަ ފަހަރަށް މި ލޯބީގައި އަނިޔާއާ ކުރިމަތިލާން ޖެހެއެެވެ. ދިރިއުޅުމުގައި ފިލާވަޅުތަކެއް ދަސްކޮށްދީ ތިމާ ބާރުގަދަ ކޮށްދެއެވެ. އައު ފިލާވަޅުތަކެއްގެ ސަބަބުން ތިމާއަށް ދިރުއުޅުމުގައި އުޅެން ދަަސްކޮއްދެއެވެ. މިީގެ ސަބަބުން އަސްލު ލޯބިގެ ފޮނިކަމާއި އޭގެ ހުތްކަން ވެސް ދަސްކޮއްދެއެވެ. ޒަވާޖީ ހަޔާތެއް ފެއްޓުމަށްޓަކައި އެންމެ ރަނގަޅު މީހުންނާއި އެންމެ ނުބައި މީހުން ދެނަގަނެވެއެވެ. ދިރިއުޅުމުގައި އަހަރުމެން ބޭނުންވާ ކަންތަކާ ނުވާ ކަންތައް ވިސްނެެއެވެ.

ނޭނގުމެއްގެ ތެރެއިން ވާ ލޯބި

ދެން ހަޔާތުގައި ގިނަ ނާކާމިޔާބުތަކެއްގެ ސަބަބުން ތިމާ ގިނަ ފަރަހަށް އައިސް ބައިވެރިޔަކު ހޯދަން މަސައްކަތެއްވެސް ނުކުރެއެވެ. މި ބައިވެރިޔާ ހޯދާކަށް ތިމާ މަަސައްކަތް ވަރަށްވެސް ލުއިވާނެވެ. ތިމާ ހަޔާތައް ގަދަ ވިދުވަރެއްހެން ބައިވެެރިޔަކު އަންނާނެވެ. މި ގުޅުން ބަދަހި ކުރުމަށްޓަކައި މާބޮޑު ކަމެއް ނުކުރާނެއެވެ. ނަމަވެސް އެ ކުއްޖާއާއި ހިތްގަޔާވެ، ނޭނގުމެއްގެ ތެރެއިން އަޅާލުންދީ ހެދޭނެވެ. އެ ކުއްޖާ އާއެކު ހޭދަކުރާ ވަގުތުތަަކުގައި ހިތްހަމަޖެހުން ލިބި، އޭގެ އުފަލުގެ ތެރެއަށް ޣަރަގުވާނެވެ. ތިމާ ހަޔާތުގައި ހިނގާ އެއްވެސް ކަމެއް ނުފޮރުވޭނެވެ. ތިމާ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާ ބައިވެރިޔާ މިއީ ކަމުގައިވުން ވަރަށް ވެސް ގާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ