
ABDULLAH ZIYATH
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް އަމިއްލައަށް ޝަރީޢަތުގައި އިއުތިރާފުވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އެދުނު ގޮތަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި މިމައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ޒިޔަތު ވަނީ އެހުރިހާ ދައުވާއަކަށް ވެސް އިއުތިރާފު ވެފައެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.
ހުރިހާ ދައުވާއަށް ޒިޔަތު އިއުތިރާފުވި ނަމަވެސް ދައުލަތުން ޝަރީޢަތުގައި އެދުނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށެވެ.
ޢަބްދުﷲ ޒިޔަތުގެ މައްޗަށް މިހާރު ވެސް އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އެބައޮތެވެ. ނަމަވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ގެ ވެރިކަން ފެށުން ފަހުން ޒިޔަތު ހުންނެވީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ.
ގުޅުންހުރި

އެމްއެމްޕީއާރްސީގެ ބަސް: މާލީ ހާލަތު ގޯސްކުރީ " ކުރީ ސަރުކާރުން"!

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެމްބެސެޑަރުކަން ކެޓްރީނާއަށް!

ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވަން އެމްއެމްޕީއާރްސީއިން އެމެރޭޓްސް އާއި ގަތަރު އެއާވޭސްއާއި އެކު އެއްބަސްވެމެއް!
