
ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ އިންސާފުވެރިކޮށް - ބުޝް
# އެމެރިކާ# ބުޝް# އެމެރިކާ އިންތިޚަބު 2020President George W. Bush
ނޮވެމްބަރ 03 ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކަން ހިނގައި ދިޔައީ އިންސާފުވެރިކޮށް ކަމަށް އަށް އަހަރު ދުވަސް ވަންދެން އެމެރިކާގެ ވެރިކަން ކުރެއްވި ބުޝް ވިދާޅު ވެއްޖެ.

ބުޝް މިހެން ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ބުޝް ވަނީ ބައިޑެން އާއި ނައިބު ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަލާ ހެރިސް އަށް ފޯނުން ގުޅުއްވާ މަރުޙަބާ ދެންނަވާފައި. އަދި ކުރީގެ ރައީސް އޮބާމާގެ އަރިހުން އެދުނު ކަންކަން ބައިޑެން ގެ އަރިހުންވެސް އެދިފައިވާކަމަށް ބުޝް ވިދާޅުވިއެވެ.
ބުޝު މިހެން ވިދާޅުވީ، ބުޝް ނެރުނު ބަޔާނެއްގައިއެވެ. މި ބަޔާނުގައި ބުޝް ވިދާޅުވަނީ ބައިޑެން އާއި ސިޔާސީ ގޮތުން ވިސްނުންފުޅު ތަފާތު ވިނަމަވެސް، ބައިޑެން އަކީ ރަނގަޅު ބޭފުޅެއްކަން ބުޝް ގަބޫލުކުރައްވާ ކަމަށެވެ.
ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި ވެރިކަމަށް ވަޑައިގަތް ބުޝް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ޓްރަމްޕް ގަބޫލު ނުކުރައްވާ ނަމަ އަލުން ވޯޓް ގުނަން އެދުމުގެ ޙައްޤު ޓްރަމްޕް އަށް އޮންނާނެ ކަމަށެވެ. ނަމަވެސް ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވާފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
ބުޝް ވަނީ 2000 ވަނަ އަހަރު ވަރަށް އުނދަގޫ ވާދަވެރި އިންތިޚާބަކަށް ފަހު އެމެރިކާގެ ވެރިކަމަށް ވަޑައިގެން އަށް އަހަރު ދުވަހު ވެރިކަމުގައި ހުންނަވާފައިއެވެ.
ގުޅުންހުރި

ޓްރަމްޕުގެ އޯޑަރެއް ތަންފީޒުކުރުމަށް ހުރަސްއެޅިކަމަށްބުނެ އެފްބީއައިއޭއިން ފަނޑިޔާރަކު ހައްޔަރުކޮށްފި

އެމެރިކާގެ ހަޑްސަން ކޯރަށް ހެލިކޮޕްޓަރެއް ވެއްޓި 6 މަރު!

ޓްރަމްޕުގެ ވަރުގަދަ އިންޒާރެއް ޗައިނާއަށް!
