logoEN
Sto top
ގދ. ގައި އަތޮޅު ފެންވަރުގެ ބޮޑު ވޮލީ މުބާރާތެއް ބާއްވަނީ

ގދ. ގައި އަތޮޅު ފެންވަރުގެ ބޮޑު ވޮލީ މުބާރާތެއް ބާއްވަނީ

ޝަޖާއަތު އަހުމަދު

logo

10/18/2021, 10:47:28 PM

# ވޮލީ ބޯޅަ# ގދ. އަތޮޅު ކައުންސިލްގެ އިދާރާ

DSC_9302

ގދ. އަތޮޅު ކައުންސިލުން އެ އަތޮޅުގައި، އަތޮޅު ފެންވަރުގެ ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

Wamco

ގދ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ވޮލީ ބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވަނީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 14 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ނިންމައި އިއުލާންކޮށްފައިވާ ނިންމުންތަކުގައި ހާމަކޮށްފައިވާ ގޮތުގައި އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ މުބާރާތް ހޯސްޓު ކުރުމަށް ބޭނުންވާ އަތޮޅުގެ ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިގެންނެވެ.

އޭގެ އިތުރުން، އެ ފުރުސަތުގައި ޕްރޮޕޯސަލް ހުށަހަޅާ ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށަކަށް އަތޮޅު ކައުންސިލުން އެކަމަށްޓަކައި ކަނޑައަޅާފައިވާ ބެޖެޓު ހަވާލު ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހޯސްޓު ކުރާ ރަށަކުން އެ މުބާރާތް އިންތިޒާމުކޮށްދޭނެ ފަރާތެއްވެސް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ނިންމުމުގައި ވެއެވެ.

މިއީ މި ދައުރުގައި އެ ކައުންސިލުން ކުޅިވަރު ހަރަކާތެއް ހިންގުމަށް ނިންމި ފުރަތަމަ ފަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside