
ބިއުޓީ ސެލޫނެއްގެ ތެރޭގައި ޖިންސީ އަމަލު ހިންގަން ތިބި ބަޔަކު ހައްޔަރުކޮށްފި
b_q1J05FDq9I2qUKN26ReS3PzKO
ބިއުޓީ ސެލޫނެއްގެ ތެރޭގައި ޖިންސީ އަމަލު ހިންގަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑިސެމްބަރު ދެވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ސުލޫނެއްގެ ގޮތުގައި މާލޭގައި ހިދުމަތްދެމުންދާ ތަނަކުން ބިދޭސީ ދެ އަންހެނަކާއި، 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާއިރު އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.