logoEN
Sto top
ތޫފާން ގެ އަސަރު މިއަދު ރާއްޖެއަށް ކުރަން ފަށާނެ

ތޫފާން ގެ އަސަރު މިއަދު ރާއްޖެއަށް ކުރަން ފަށާނެ

އަޙްމަދު ޖަމީލު

logo

12/2/2020, 9:57:30 AM

# މޫސުން

capture674890-23231-876x488

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު ދެކުނުން 400 ކިލޯމީޓަރު ދުރުގައި އުފެދުނު ތޫފާން “ބުރެވި” ގެ އަސަރު މިއަދު ރާއްޖެއަށް ކުރަން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

Wamco

މެޓް އޮފީހުން ބުނީ ތޫފާނުގެ އަސަރު ރާއްޖެއަށް މިއަދު ހަވީރާއި މިރެއިން ފެށިގެން ކުރަން ފަށާނެ ކަމަށެވެ. ތޫފާނު “ބުރެވި” ގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެ އިދާރާއިން ދަނީ މި ތޫފާނާއި ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުން ކަމަށް ބުނެ އެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކު އިންޒާރާއި ސަމާލުތައް ނެރެމުންދާނެ ކަމަށާއި އެކަމަށް އާންމުން ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside