
DSC_1849
"ބްރޯ, ކޮބާ ކޮފީ އެއް ނެތް؟" މިއީ މިއަދުގެ ޒުވާނުން އެކުވެރި ރަޙްމަތްތެރިންނަށް ގުޅައި ހާލު އަހުވާލު އޮޅުންފިލުވައިލާން ކޮށްލާ މެސެޖެވެ. އެކުވެރިޔާއަށް ގުޅާލެވޭ މަދު ފަހަރުތަކުގައިވެސް ފުރަތަމަ ކޮށްލާ ސުވާލެވެ. މި ސުވާލު ވެފައި އޮތީ މިއަދުގެ ޒުވާނުން ގުޅުން ބަދަހިކޮށް، ސަކަރާތްޖަހާ މަޖާކޮށްލުމަށް ވަގުތު ހޭދަކޮށްލަން ބޭނުންކުރާ "ބަހަނާ" އަކަށެވެ.

ކޮފީ ބޯލަން ދާން ގިނަ ފަހަރު އެދެނީ "ސީރިއަސް ޓޯކް" ނުވަތަ ޚާއްސަ ވާހަކަތަކެއް އެކުވެރިޔާއާ ހިއްސާކޮށްލުމަށެވެ. ނުވަތަ ލިބޭ ހުސް ވަގުތުކޮޅުގައި ފޫހި ފިލުވައިލުމުގެ ގޮތުންނެވެ. ކޮންމެއަކަސް ކޮފީތަކަށް ދިއުން ވެފައި އޮންނަނީ ޒުވާނުންގެ ޖީބަށްވެސް ބަރުވެފައި އޮންނަ "ހިތްގައިމު" ޚަރަދަކަށެވެ. އެއާ ނުލައި އެވެރިންގެ ދުވަހު ދިރިއުޅުން ފުރިހަމަ ނުވާ ފަދައެވެ.
ޒަމާނަށް އައި ބަދަލާއެކު ކޮފީ ޝޮޕްތަކާއި ރެސްޓޯރެންޓުތައްވެސް ތަރައްގީވެ ހިނގައެއްޖެ އެވެ. މެންދުރުގެ ހޫނު ވަގުތުގައިވެސް ކޮފީ ބޯލެވޭނެ "ފިނި ކޮޓަރި"ތައް ހަދައި ޚިދުމަތްދޭން ފަށައިފިއެވެ. އޯޕަން އެއާ ތަނެއް ނަމަ ބަގީޗާ ގަސް ހައްދައި މުޅި ތަން ފެހި ކޮށްފައި, ތަނުގެ "މަންޒަރު" ރީތިކޮށްފިއެވެ. މަޤްސަދަކީ ކޮފީ ބޯލަން އަންނަ ޒުވާނުންނަށް ހިތްގައިމު، ސަޅި "ވައިބެއް" ކްރިއޭޓު ކުރުމެވެ. ދުވާލު އޮފީސް ގަޑީގައި ބުރަކޮށް އުޅުމަށްފަހު ހިންދަމާލަން ލިބޭ "ކޮފީ ގަޑި" ހިތްގައިމުކޮށްލުމެވެ.
އެގޮތުން ގދ. ތިނަދޫއިން ފާހަގަކޮށްލެވޭ އެންމެ ސަޅި އެއް ތަނަކީ އެރަށުގައި ހިންގާ "ޒިމަމަން" ރެސްޓޯރެންޓެވެ. 2016 ވަނަ އަހަރުގެ ޖުލައި 26 ގައި ވުޖޫދަށް އައި "ޒިމާމަން ރެސްޓޯރަންޓް" އަކީ، މިއަދު މުޅި ތިނަދޫ އަދި ހުވަދޫގައިވެސް އެންމެ ކުލަ ގަދަކޮށް ނަން ފަވާލެވޭ މަޝްހޫރު އެއްތަނެވެ. ޖުމްލަ ގާތްގަޑަކަށް ހަތް ސްޓާފުންނާއި، 40 ކަސްޓަމަރުންގެ ކެޕޭސިޓީއާއެކު ތިނަދޫގެ ކުޑަ ތަނެއްގައި ހުޅުވުނު މި ރެސްޓޯރެންޓަކީ މިއަދު މުޅި ތިނަދޫގައިވެސް ހުރި އެއްވަނަ ރެސްޓޯރެންޓެވެ.
ދައްކަން މިއުޅެނީ ޒިމަމަންގެ "ވައިބު"ގެ ވާހަކަ އެވެ. އެތަނުގެ ހިތްގައިމުކަމާއި "ސަޅި" ކަމުގެ ވާހަކައެވެ.
އެއީ މީގެ ދެ ދުވަސް ކުރިއެވެ. އޮފީސް މާހައުލުގައި އުޅުމަށްފަހު "ބޯ ހަމަޖައްސާލަން" ނުކުންނަ ގަޑީގައި "އޮޓޮމެޓިކުން"ވެސް ގޮސް ވަދެވެނީ ޒިމަމަން އަށެވެ. އާދައިގެ މަތިން އެ ދުވަހުވެސް ޒިމަމަން އަށް ގޮސް ޓޭބަލެއްގައި ޖައްސާލީމެވެ. ގަޑިއެއްހާއިރު ކޮފީގައި އިނުމަށްފަހު އަނެއްކާވެސް އޮފީހަށް ދިޔައީމެވެ. އޭރުވެސް އެތަން އޮތީ ފުރި ބާރުވެފައެވެ. އެކި މޭޒުތަކުގައި ކޮފީ ބޯންތިބި ޒުވާނުން ސަކަރާތް ޖަހައި މަޖާކޮށް ހަދާ މަންޒަރު ފެނުނެވެ. އެއީ ޒިމަމަން އިން ފެންނަ "އާންމު" މަންޒަރެކެވެ.
ހަމަ އެދުވަހު އަނެއްކާވެސް ކޮފީއެއް ބޯލަން އޭގެ ތިން ގަޑިއިރު ފަހުން ހަމަ އެތަނަށް ދިޔައިމެވެ. ތަނުގައި ތިބި މީހުންގެ ތެރޭގައި އޭގެ ކުރިން އެތަނަށް ދިޔަ އިރު ތިބި މީހުންވެސް ތިއްބެވެ. އެއީ ކޮންމެ ދުވަހަކުވެސް އެތަނުން ފެންނަ "އާންމު" މޫނުތަކެކެވެ. އެހެންވެ "ސަކަ" ރާގަކަށް އެ މީހުންނާ ސުވާލެއް ކޮށްލީމެވެ. "އަބަދު މިތާ އަޅާފަ ތިތިބެނީ ކީއްވެ؟ އިތުރުކަމެއް ނެތީތަ؟"
"އަނބިދަރިން ތިބި ބައެއް ނޫން. ދެން ގޭގަ އަބަދު ކީއްކުރަން ތިބެނީ. މިތަންވެސް ސަޅީ ހަމަ. ހިތްގައިމުކަމުން ތިބެވެނީ ހަމަ. ކިހާ ސަޅިތަ މި ވައިބު؟" ޖަވާބުވެސް އައީ ސަކަ ރާގަކަށެވެ.
އާންމުކޮށް އެތަނުން ފެންނަ މީހުންނާވެސް މި ސުވާލު ހަމަ މި މޭރުމުން ކޮށްލުމުން ލިބުނީ ގާތްގަނޑަކަށް ހަމަ މި ޖަވާބެވެ. އެންމެންގެވެސް ޖަވާބުގައި ތަނުގެ "ސަޅި"ކަމާއި "ހިތްގައިމު ވައިބު"ގެ ވާހަކަ ފާހަގަކުރެއެވެ.
ޒިމަމަން ބްރޭންޑަކަށް ވަނީ މި ސަބަބަށްޓަކައެވެ. ތަނުގެ ޚިދުމަތުގެ ފެންވަރާއި "ސަޅި ވައިބު"ގެ ސަބަބުންނެވެ. ތިނަދޫގައި ކޮފީ މަންޒިލަކަށް އެންމެ ފާހަގަކޮށްލެވޭ އެންމެންގެ "ފޭވަރިޓް" މަންޒިލަކީ ޒިމަމަން ކަމީ ޝައްކުވެސް އުފެދޭ ކަމެއް ނޫނެވެ. ޒިމަމަންގެ ޚިދުމަތް އަތޮޅު ތެރެއިން ތިނަދުއަށް އަންނަ މީހުންވެސް ލިބިގަނެއެވެ. އެ ފަރާތްތަކުންވެސް "ޒިމަމަން" ޚިޔާރު ކުރަނީ ތަނުގެ "ވައިބު ސަޅި" ކަމުން ކަން ޔަގީނެވެ.
ގުޅުންހުރި

ހަރެހެރި 2022 ގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު!

ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗު ޒިމަމަންގެ ބޮޑު ސްކްރީނަށް - ކޮންމެ 3 ކޮފީއަކުން އެއް ކޮފީ ހިލޭ

މިރޭގެ މެޗު ބޮޑިބަތާއިއެކު ކުރިޔަށްވުރެވެސް ފޯރިގަދަކޮށް ޒިމަމަންގެ ބޮޑު ސްކްރީނުން!
