
ތިނަދޫ މެޖިސްޓްރޭޓްކަމަށް އަހުމަދު އާދަމް ހަމަޖައްސަވައިފި
# ޖޭއެސްސީ# ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް# ޖުޑިޝަރީ951B28BC-CFBC-4FA6-A141-43820BEB6934
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް ގއ. ގެމަނަފުށީ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓަކު އައްޔަން ކުރެއްވީ އިއްޔެ އެވެ. އެ ރަސްމިއްޔާތުގައި އިތުރު ފަސް ރަށަކަށް މެޖިސްޓްރޭޓުން ކަނޑައަޅައި މެޖިސްޓްރޭޓްކަމުގެ ހުވައި ކުރި އިރު މެޖިސްޓްރޭޓްކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހަމަޖައްސެވީ ގއ. ގެމަނަފުށި، އުތަމާގެ އަހުމަދު އާދަމް އެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓު ކަމަށް އައްޔަން ކުރެއްވި އަހުމަދު އާދަމް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލް ކުރައްވައިފައެވެ. އޭނާ ވަނީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކުރައްވައިފައެވެ.
މެޖިސްޓްރޭޓްކަމުގެ ހުވާ ކުރެއްވި ބޭފުޅުން:
ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އެ ރަށު ނޫރަންގެ މުހައްމަދު އިސްމާއިލް
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގ. ނޫމަރާވިލާ ޝީރީން ނާހިދާ ލަތީފް
ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ށ. މަގޫދޫ ހަވީރީނާޒް އާދަމް ސަލީމް
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގދ. ގެމަނަފުށި އެތުމާގެ، އަހުމަދު އާދަމް
ރ. މަޑުއްވަރީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ތ. މަޑިފުށި ސިގްނަލްގެ އަކްރަމް ރަފީގް
ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ސ. މަރަދޫ މެރީވިލާ އަހުމަދު އަފީފް