logoEN
cocacola
" ފީފާ ދި ބެސްޓް އެވޯޑްސް " އަންނަ މަހު 17 ގައި

" ފީފާ ދި ބެސްޓް އެވޯޑްސް " އަންނަ މަހު 17 ގައި

Admin

logo

11/23/2020, 11:26:05 AM

tkbvkrdfb2il13bphkx1

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފެޑެރޭޝަން އިންޓަނޭޝަނަލް ދި ފުޓްބޯލް އެސޯސީއޭޝަން (ފީފާ) އިން ދެމުން އަންނަ ފީފާ ދި ބެސްޓް އެވޯޑްސް އަންނަ މަހު 17 ގައި ބާވަން އެ ފެރެޑޭޝަނުން ނިންމައިފި އެެވެ.

ގޮސިޔާ

އިޓަލީގެ މިލާނުގައި އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވަން ކުރިން ނިންމައިފައިވާ މި އެވޯޯޑް ފަސްކޮށްފައިވަނި ހަލުވިކަމާއި އެކު ފެތުރެމުން ދާ ކޮވިޑް-19 އާ ގުޅިގެންނެވެ. މި އަހަރުގެ ފީފާ ދި ބެސްޓް އެވޯޑް ހަފްލާ ބާއްވަން ނިންމައިފައި ވަނީ ވާޗުއަލްކޮށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަދި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯ އެވެ. މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާ އިން އިތުރު ގިނަ އެވޯޑްތަކެއް ދޭނެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި، އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑާއި، ފީފާ ފޭން އެވޯޑާއި، ފީފާ ފެއާ ޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އިލެވެން ހިމެނެ އެވެ.

ބެސްޓް އެވޯޑްސް ދޭން ފެށުމަށް ފަހު ފީފާ އިން ގެނައި އެންމެ މުހިއްމު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ވޯޓު ލުމުގައި ހައްގު ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނަށް ލިބިގެންދާނެއެވެ.

ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. ބެސްޓް އެވޯޑްސް ދޭން ފެށި ފަހުން އެ އެވޯޑް ހާސިލްކުރީ ލިއޮނަލް މެސީ އާއި ލޫކާ މޮޑްރިޗް އަދި ކްރިސްޓިއާނޯ ރޮނަލްޑޯ އެވެ

ފްރާންސް ގިނަ ނޫސްމީޑިޔާތަކުން ރިޕޯޓު ކުރާ ގޮތުގައި މި އަހަރުގެ އެވޯޑް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ