ތިނަދޫ އަންހެނުންގެ ފުޓްސަލް މުބާރާތް މި މަހު 15 ގައި!

ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ފުޓްސަލް މުބާރާތުގެ ފަރިތަކުރުން ތެރެއިން. ފޮޓޯ: އައުޓްލޯސް

ތިނަދޫ ޔޫތް ފުޓްބޯލް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށަން ތައްޔާރު ވެއްޖެއެވެ.

"ޑަބްލިއު.ޑީ.ސީ ގެ ހިޔަލަ ފުޓްސަލް މުބާރާތު ގެ ނަމުގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވަނީ ވެފައި އެވެ. އެގޮތުން މި މުބާރާތުގައި ވާދަ ކުރާ ފަސް ޓީމަކީ އައުޓް ލޯޒް ކުއީންސް އާއި އޮކްސް ވިމެންސް އާއި އާރ.އެފް.ސީ ވިމެންސް ގެ އިތުރުން އޭ.އެމް.އީ.އެސް އެފްސީ އަދި ޓީމް އޭ.ބީ.ވައި.ޓީ އެވެ.

މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ ތާވަލު

ތިނަދޫގެ އާރު އަވަށުގެ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާއިވާ މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ ގދ.ތިނަދޫ ގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެވެ.

ތިނަދޫއަކީ އަބަދުވެސް ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށަކަށް ވެފައި ދުވަސް ތަކަކަށް ފަހު އަންހެނުންގެ މުބާރާތެއް ބާއްވާތީ ރަށު ގިނަ ބަޔެއްގެ ތަރުހީބު މި ކަމަށް ލިބޭކަމަށް "ގާފު" އަށް މައުލޫމާތު ދެއްވަމުން ޓީ.ވައި.އެފް.ސީ ގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ތިނަދޫ ސްޓޭޑިއަމް ގެ ފުރިހަމަ އެއްބާރުލުމާއި އެކީ ކުރިއަށްދާ މި މުބާރާތަށް ވިޔަފާރިތަކުން ވެސް ދަނީ އެއްބާރުލުން ދެމުންނެވެ.

މި މުބާރާތުގެ ކޯސްޕޮންސަރުންނަނާއި ޕާރޓްނަރުންނަކީ :
ކޯ-ސްޕޮންސާ : އެފް.އެސް.އެމް އާއި ޕްރިންޓެކް
ޕްރިންޓިންގް ޕާރޓްނަރ : ނޯވާޓެކް
ޑިޒައިނިންގް ޕާރޓްނާރ : ބްލެކް
ބެވަރޭޖް ޕާރޓްނާރ : ޒިމަރމަން ރެސްޓޯރެންޓް
ފޮޓޯގްރަފީ ޕާރޓްނާރ : ފޮޓޯ މޯލްޑިވްސް

މީޑިއާ ޕާރޓްނާރ : ހުވަދޫ ނިއުސް

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް