
ފައިހަތު ގދ. އަތޮޅު ކައުންސިލަށް ޒިޔާރަތްކޮށް, މުވައްޒަފުންނާ ބައްދަލުކުރައްވައިފި
# ގދ. އަތޮޅު ކައުންސިލް# ޙަސަން ފައިޙަތު ޤުދުރަތުالله179244901_101858135406946_7591144078104956756_n
ގދ. އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސް, ޙަސަން ފައިހަތް ޤުދުރަތުالله, އެ ކައުންސިލްގެ އިދާރާއަށް ޒިޔާރަތްކޮށްފިއެވެ.

ފައިހަތު އެ ކައުންސިލަށް ޒިޔާރަތްކުރީ މިއަދު އެވެ. އެކައުންސިލަށް ކުރެއްވި ޒިޔާރަތުގައި ފައިހަތު ވަނީ ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. އަދި މިއަދު ކުރެއްވި ޒިޔާރަތާއެކު ކައުންސިލްގެ އިންތިޤާލީ ބައްދަލުވުންތައްވެސް ވަނީ ފަށާފައެވެ.
މިއަދު ކުރިޔަށް ގެންދިޔަ އިންތިޤާލީ ބައްދަލުވުމުގައި މިހާރުގެ ކައުންސިލް ދައުރުގައި ކޮށްފައިވާ އަދި ކުރުމަށް ނިންމާފައިވާ ކަންތައްތައް އިންތިޚާބީ ރައީސް, ފައިހަތާ ޙިއްސާ ކުރެވުނެވެ.
މިއަދުގެ ބައްދަލުވުމުގައި, ތިނަދޫ މޮނީޓަރިންގ ޙާލަތުގައި ވާތީ އަތޮޅު ކައުންސިލް ގެ ރައީސް އަދި ނާއިބު ރައީސް ބައިވެރިވެވަޑައި ނުގަންނަވައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ބައްދަލުވުން ތަކުގައި އެ ބޭފުޅުން އޮންލައިންކޮށް އެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި ގދ އަތޮޅު ކައުންސިލް ގެ އޮފީހުން މަޢުލޫމާތުދެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރުން ތާވަލް ކުރެވިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަކީ ގާނޫނީ އުންސުރު ހަމަވާ ދަތުރެއް - ގައްދޫ ރައީސް

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ދިޔުމަށް 8 ލައްކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި

ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް މުބާރާތް ފަށައިފި
