logoEN
ކޮކާކޯލާ
700,000 ޑޯޒް ވެކްސިން ލިބޭނީ ޖުލައި މަހު - މިނިސްޓަރ

700,000 ޑޯޒް ވެކްސިން ލިބޭނީ ޖުލައި މަހު - މިނިސްޓަރ

# ކޮވިޑް19# ކޮވިޝީލްޑް# ކޮވިޑް ވެކްސިން

enk4bsvweaatyzs-1536x1024

ރާއްޖެ ގެނައުމަށްޓަކައި ފައިސާ ދައްކާފައިވާ 700,000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރާއްޖެ އަންނާނީ ޖުލައި މަހުގައި ކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އަބުޅޯ

"ރާއްޖެ މިއަދު" ޕްރޮގްރާމްގައި ނަސީމް ވިދާޅުވީ، ރާއްޖެއަށް ވެކްސިން ހުސްވުމުގެ ބިރެއް ނެތް ކަމަށާއި، ސަރުކާރުން ފައިސާ ދައްކާފައިވާ 700،000 ޑޯޒް ވެކްސިންވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަތިކަމެއް ނެތި ވެކްސިން ދެވޭ ވަރަށް ރާއްޖޭގައި ވެެކްސިން ހުރި ކަމަށެވެެ. އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަނެފައިވާ ވެކްސިން އަންނަ މަހު ލިބި އެެ ވެކްސިންތައް އާންމުންނަށް ދިނުމުގެެ މަސައްކަތްވެސް އަންނަ މަހު ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖޫން މަހު ކޮން އިރެއްގައި ކަމެއް އަދި ނޭނގެ. އެކަމަކު ލިބުނީމާ ތަންކޮޅެއް ހިތްހަމަޖެހިގެން މިކަމާ އުޅެވޭނެ،" ނަސީމް ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން ކޮވިޝީލްޑް ވެކްސިނުގެ 300،000 ވެކްސިން ގަތުމަށް އިންޑިއާ އަށް ފައިސާ ދައްކާފައެވެ. އެގައުމުން އަދި ލިބިފައި ވަނީ 100،000 ޑޯޒް ވެކްސިނެވެ. މިނިސްޓަރު ވިދާޅުވީ 16-18 ދެމެދުގެ ކުދިންނަށް ހާއްސަކޮށް ފައިޒާ ވެކްސިން ވެސް ގަތުމަށް ނިންމާފައިވާކަމަަށާއި، އެ އުމުރުފުރައިގެ 12،000 ކުދިން އެބަތިބި ކަމަށެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ 52 އިންސައްތަ އަށް މިހާރު ވަނީ ވެކްސިންދީފައެެވެ. އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި އަދަދު 70 އިންސައްތައަށް އިތުރުކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ