logoEN
ޕީއެންސީ 2
މިއީ ދުނިޔޭގެ އެންމެ ބޮޑު އަނގަ ތަ؟

މިއީ ދުނިޔޭގެ އެންމެ ބޮޑު އަނގަ ތަ؟

އަޙްމަދު ޖަމީލު

logo

11/19/2020, 9:34:05 PM

# ހޮޅުއަށި

35862750-8965575-image-a-44_1605786063164

އާންމުކޮށް އަނގަ ބޮޑުވެގެން އުޅެނީ އޭ ކިޔައި އުޅެނީ ބޭކާރު ވާހަކަ ދައްކައި ސިއްރުކުރަން ބުނާ ވާހަކަތައް ސިއްރު ނުކުރެވޭ މީހުންނާ ދިމާލަށެވެ. ނަމަވެސް މިފަހަރު މިއީ މުޅިން ތަފާތު ކަމެއްގެ ވާހަކައެވެ. ހަމަ އަސްލަށްވެސް "އަނގަ ބޮޑީ" އެވެ. \

ޝަރީ 2024

މިއީ އިނގިރޭސި ވިލާތުގެ ސްޓެމްފޯޑަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ، ސަމަންތާ ރެމްސްޑެލްގެ ވާހަކައެވެ. މިއަދު ހެނދުނު އެގައުމުގެ ޓީވީ ޗެނަލެއްގެ ޝޯއަކުން ގިނަ ބަޔަކަށް އޭނާގެ ތަފާތު ހުނަރު އޭނާ ދައްކާލުމާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ހުއްޓި އެކަމުގެ ވާހަކަތަކުން މީސްމީޑިއާ ފުރާލިއެވެ.

ޓީވީ ޗެނަލްގެ ޝޯގައި އޭނާ ވަނީ މުޅިއެކު ދެ ޑޯނަޓު އެއްފަހަރާ އަނގަޔަށް ލައިގެން ކާލާފައެވެ. އޭނާ މަޝްހޫރު ވާން ފަށާފައިވަނީ ލޮކްޑައުންއާ ގުޅިގެން ޓިކްޓޮކްގައި އޭނާ އާންމުކުރި ވީޑިއޯތަކުންނެވެ. މިވަގުތު ޓިކްޓޮކްގައި 875،000 އަށްވުރެ ގިނަ ފޮލޮވަރުން އޭނާގެ އެބަ ތިއްބެވެ. އަދި އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އަނގަ ހުރި މީހާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އޭނާގެ ވީޑިއޯތަކުގައި އެކި ބާވަތުގެ މޭވާއާއި ކާތަކެތި ހުރި ގޮތަށް އަނގަޔަށް ލައިގެން ކާލާ މަންޒަރު ދައްކާފައިވެއެވެ. ގިނަ ބަޔަކަށް މިކަން ވަނީ ހެއްވާ މަޖާ ކަމަކަށް ވެފައެވެ.

ސަމަންތާ ބުނެފައިވާ ގޮތުގައި އޭނާގެ އަނގައިގެ ފުޅާ މިނުގައި 9.25 ސެންޓިމީޓަރު ހުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ