logoEN
Sto top
ތިނަދޫގެ މަގުތައް ހެދުމަށް ސާވޭ ކުރާނެ ފަރާތެއް ހޯދަނީ

ތިނަދޫގެ މަގުތައް ހެދުމަށް ސާވޭ ކުރާނެ ފަރާތެއް ހޯދަނީ

# ގދ.ތިނަދޫ# އާރުޑީސީ# ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

DSC_3397 copy

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ގދ. ތިނަދޫ މަގުތަކުގެ ޖިއޯޓެކްނިކަލް އަދި ހައިޑްރޯލޮޖިކަލް ސާރވޭ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

Wamco

މި މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 3 މިލިއަން ރުފިޔާގެ ލޯނު ނަގައިގެންނެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ކޮށްފައިވާ އިއުލާނުގައި ވާ ގޮތުން، އެ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އެ ކުންފުނީގެ މާލެ އޮފީސް، އެމް އެސް އެލް ބިލްޑިންގް ގައެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވާން ވާނެ އެވެ. ރަޖިސްޓްރީ ވުމުގެ ފަހު ތާރީޚަކީ 5 މޭ ގެ 14:00 އެވެ.

ޕްރީބިޑް ސެޝަންގައި ބައިވެރިނުވެވޭ ފަރާތް ތަކަށް ވެސް، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ފަހު ބިޑް ހުށަހެޅޭނެ ކަމަށް އާރުޑީސީން ބުންޏެވެ. އެގޮތުން އެ ސެޝަނުގައި ބައިވެރި ނުވެވޭ ފަރާތްތަކުން 9 މޭގެ 14:00 އާ ހަމައަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މަގުތަކުގެ ސާވޭ ކޮށްދޭން ބޭނުންވާ ފަރާތްތަކުން އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 މެއި ގެ ހެނދުނު 10:00 އެވެ. ބިޑް ހުށަހެޅުން އޮންނާނީ އެ ކުންފުނީގެ މައި އޮފީހުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside