
ތިނަދޫ ހޮސްޕިޓަލުގެ ސީއެސްއެސްޑީ އިމާރާތް އެޅުމަށް ހުޅުވާލައިފި
# ގދ.ތިނަދޫ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ސިއްހީ ދާއިރާl_3592726
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއެސްއެސްޑީ ޔުނިޓްގެ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރިން ކުރި އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ފަރާތެއް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރާ ކަމަށެވެ.
އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2021 ވާ ބުދަ ދުވަހުން ފެށިގެން 09 މެއި 2021 ވާ އާދިޢްތަ ދުވަހުގެ 12:30 ގެ ކުރިން ހޮސްޕިޓަލްގެ އޮފީސް މެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިމަކުރެއްވުމަށްފަހު އީމެއިލްކުރައްވައި ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރަޖިސްޓަރީކުރެއްވުމަށް ދަންނަވާ ކަމަށެވެ.
އެ އިއުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެ އިއުލާނާއެކު ވަނީ އެޓޭޗް ކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 11 މެއި 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި އެ ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) ގައެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
އުކުޅަހު ސިއްހީ މަރުކަޒުގައިވެސް ލެބޯޓަރީގެ ހިދުމަތް ފަށައިފި

ދުންފަތުން ޖެހޭ ބަލިތަކުން ދުރުވުމަށްޓަކައި އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ނާޒިމް

ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން - ރައީސް





