
Majilis-1
ކޮވިޑް-19އާ ގުޅިގެން މޯލްޑިވް ގޭސް މެދުވެރިކޮށް ގެންނަން ހަވާލުކުރި އޮކްސިޖަން ސިލިންޑަރު ގެނައުމުގައި، ބާ ސިލިންޑަރުތަކެއް ގެނައި މައްސަލައިގައި ބަދަލު ހޯދުމަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބާ ސިލިންޑަރުތަައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭކަަމަށް ތުހުމަތުކުރެވޭތީ އެކަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ގިނަ ކަންތައްތަކެއް ކުރުމަށް ލަފާދީފައި ވެއެވެ. އެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ރިޕޯޓް ފާސްކުރުމަށް 55 މެމްބަރަކު ވަނީ ވޯތު ދެއްވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން މޯލްޑިވް ގޭސް އިން 4218 އޮކްސިޖަން ސިލިންޑަރު ރާއްޖެ ގެނެސްފައިވެ އެވެ. މީގެތެރެއިން 1000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިންނެވެ. އަދި ބާކީ 3218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަަމަށްވާ ޕްރޯބިޒް ކުންފުނި މެދުވެރިކޮށެވެ. މި ދެކުންފުނިންވެސް ފޮނުވާފައިވަނީ ބާ ސިލިންޑަރުތަކެއްކަން ފަހުން ވަނީ ޔަގީން ކުރެވިފައެވެ.
މިމައްސަލައިގައި މޯލްޑިވް ގޭސްއަށް ގެއްލުންވެފައިވާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅައިގެންވެސް ގެއްލުމުގެ ބަދަލު ހޯދަން އެ ކޮމިޓީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ސިލިންޑަރުތައް ގަތް ދުވަސްވަރު ޕްރޯބިޒް ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް އެސްއޯއީ ކޮމިޓީގައި، މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި އޭރު ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެއްބަސްވެވަޑައިގެންފައެވެ. އިކްރާމާއެކު އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ މައްސަލަ ވީ އެންމެ އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި ފިޔަވަޅު އަޅަން ދެންނެވުމަށް ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.
އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލަމުން ދަނިކޮށް އިކްރާމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ
ސިލިންޑަރު މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް މޯލްޑިވް ގޭސްގެ ބޯޑުން ފިޔަވަޅެއް އަޅާފައި ނުވާތީ ދެން އެފަދަ މައްސަލަތަކުގައި ބޯޑުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ދެންނެވުމަށްވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ގުޅުންހުރި

މޯލްޑިވް ގޭހުން 45 ކިލޯގެ ސިލިންޑަރުތައް ރީފިލް ކުރާ އަގު ހެޔޮކޮށްފި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްޑީސީއިން މޯލްޑިވް ގޭސްއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
