logoEN
ކޮކާކޯލާ
ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

# ކުޑަކުދިން# ފައިސަލް ނަސީމް# ޔުނިސެފް

img_lg_202104250620511619356851.3379

ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމާ ގުޅޭގޮތުން ޔުނިސެފުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މަރްޖާން މޮންޓަޒޭމީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވައިފިއެވެ.

އަބުޅޯ

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ޔުނިސެފް ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ޔުނިސެފްގެ ފަރާތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަަށް އަލިއަޅުއްވާ ލައްވާފައެވެ.

އެގޮތުން، ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމާއި، ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނައިބު ރައީސް ވަނީ ޔުނިސެފް ރެޒިޑެންޓް ރެޕްރެޒެންޓެޓިވްއަށް މަރުހަބާ ވިދާޅުވެ، ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލެއްވުމާއި، އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ޚާއްސަކޮށް ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ހިންގާ ވެކްސިން ދިނުމުގެ ކެމްޕެއިނަށް، އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިންގެ 12,000 ޑޯޒް އަދި، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ފައިޒަރ ވެކްސިންގެ 5,850 ޑޯޒް ރާއްޖެއަށް ހޯދައިދިނުމުގައި ޔުނިސެފްއިން އަދާކޮށްދެއްވި ދައުރު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމުގައި ވިދާޅުވެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އަލިއަޅުއްވާ ލައްވަފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ