


.jpeg?w=3840&q=75)


.jpeg?w=3840&q=75)

big_B2qiXerrC4bIMSD
މޭމަހުގެ އެއްވަނަ ދުވަހު ކުރިން މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ ނަމަ ރޯކޮށްލާނެ ކަމަށް ބުނެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފަށް އިންޒާރު ދީފިއެވެ.
މީސް މީޑިއާގައި މިނިސްޓަރ މަހުލޫފަށް އިންޒާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ (ގަޕޯ)ގެ ދަރިފުޅު މުހައްމަދު ޝާރިގެވެ.
ޝާރިގް ބުނެފައި ވަނީ މެއި އެއް ވަނަ ދުވަހުގެ ކުރިން މިނިސްޓަރ މަހްލޫފް އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.
އަދި މިނިސްޓަރ އެ ދުވަހު އިސްތިއުފާ ނުދީނަމަ ކުރާނީ ކޮން ކަމެއްތޯ މީހަކު ކުރި ސުވާލަށް ޖަވާބުދެމުން ބުނީ، މިނިސްޓަރ ގައިގައި ރޯކޮށްލާނެ ކަމަށެވެ. އަދި އެއީ ގްރިލްގައި ބާބެކިއު ކަމަށް އިންޒާރުދިން ޝާރިގް ބުނެފައި ވެއެވެ.
އޭނާ ދިން އެ އިންޒާރުގެ ސްކްރީންޝޮޓްތައް މީސް މީޑިއާގައި ދައުރުވާން ފެށުމުން އޭނާ ފަހުން ބުނެފައިވަނީ, ޓްވީޓުގައި ދައްކާފައި ވަނީ ރަހުމަތްތެރިއަކާއެކު ބާބެކިއުއެއް ހަދާ ވާހަކަ ކަމަށެވެ.



.jpeg?w=3840&q=75)



