logoEN
ޕީއެންސީ 2
"އިސްތަށިގަނޑު ދިގު ކޮންމެ މީހަކީ ޕާޓޭއެއް" - ނިމެން ވެއްޖެ ބަހުސެއް!

"އިސްތަށިގަނޑު ދިގު ކޮންމެ މީހަކީ ޕާޓޭއެއް" - ނިމެން ވެއްޖެ ބަހުސެއް!

ހުސައިން އަހްމަދު

logo

4/26/2021, 10:30:08 AM

# ރިޕޯޓު

long-hair

ޒަމާނުއްސުރެން ދިވެހިންގެ ތެރެއިން ބައެއް މީނުން ގަބޫލުކޮށްގެން ތިބޭ އެއް ހަމަޔަކީ ފިރިހެނަކު ބޮލުގެ އިސްތަށިގަނޑު ދިގުކޮށްގެން އުޅޭނަމަ އެއީ ވިޔާނުދާކޮށް އުޅޭމީހެއްކަމެވެ. އާންމު ނަމުން ނަމަ ޕާރޓޭ އެކެވެ. އަދި މިގޮތަށް އިސްތަށިގަނޑު ދިގުކޮށްގެން ތިބޭ މީހުންނަށް ފުރައްސާރައާއި މަލާމާތް ރައްދު ނުވާ ދުވަހެއް މަދުވާނެއެވެ. ހަމަ އެކަނި އެމީހުންނަކަށް ނޫނެވެ. އެމީހުންގެ މައިންބަފައިން ވެސް މި ފުރައްސާރައާ ކުރިމަތިލާންޖެހޭ ފަހަރު މަދެއްނޫނެނެވެ.

ޝަރީ 2024

ކަންމަތީ ޖޯއްޔެއް ހުރަސް ކޮށްލާއިރު އެ އަޅުވާފައި ހުންނަ ބޮޑެތި ސީސީޓީވީ ކެމެރާތަކުން މީހާ ސްކޭންކޮށް ވަނަވަރު އެއްކޮށް ހާމަކޮށްލާއިރު ހީވަނީ ހާވާޑް ޔުނިވާޗިޓީގެ ދިރާސާ ރިޕޯރޓެއް ނެރެލާހެންނެވެ. ކުރިޔަށް އެމީހަކު ކުރަން ހުރިކަންތައްތަކަށް ދާންދެން ކުޑަ ހިނދުކޮޅެއްގެތެރޭ ނެރެ ހާމަކޮށްލައެވެ. ބޮލުގެ އިސްތަށިގަނޑު ކިރިޔާވެސް ދިގުވެއްޖެއްޔާ މިފަދަ ސީސީޓީވީ ކެމެރާތަކާއި ގެ ކައިރީ ހިންގާ ދުނިޔޭގެ މަޝްހޫރު ނިއުސް ޗެނަލްތަކުގެ ބްރާންޗްތަކަށް ނުފެނި އުޅުމަކީ ވަރަށް އުދަގޫކަމެކެވެ. ހާއްސަކޮށް އަތޮޅުތެރޭ ރަށެއްގައިވިއްޔާ އަދި ވަކިން ފޯރިގަދަވާނެއެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީހާގެ އުޅުމާއި އަޚްލާގަކީ ބޮލުގައި އޮންނަ އިސްތަށިގަނޑަކުން ނުވަތަ އަޅާ ހެދުމަކުން ހުންނަ ކަމެއް ނޫންކަމެވެ. އެމީހަކު ހެދުން އަޅާގޮތާއި ބޮލުގެ އިސްތަށިގަނޑު ހުންނަންވާ ގޮތް އެއީ އެމީހެއްގެ އަމިއްލަ މިނިވަންކަމެވެ. އުނަގަނޑުގަ ޖެހެދެން އިސްތަށިގަނޑު ދިގުކޮށްގެން ތިބޭ މީހުންވެސް ފަސްވަގުތު ނަމާދު ކޮށް މައިންބަފައިންނަށް ކަމޭހިތާ ރަގަޅު ވަޒީފާތަކުގަ އުޅެމުންދާލެއް މަދެއްނޫނެވެ.

ރާއްޖޭގެ ގިނަ ޒުވާނުން އިސްތަށިގަނޑު ދިގުކުރަނީ ސްޓައިލަކަށެވެ. އަމިއްލަ ހިތްހަމަޖެހުމަކަށެވެ. އެއީ ބައެއް މީހުން ޤަބޫލުކުރާ ޓްރެންޑެކެވެ. އެއްވެސް ހާލެއްގައި ނުބައި މަގުން ދަތުރުކުރާ މީހެއް ކަން އަންގައިދޭ "ޓެގް" އެއް ނޫނެވެ.

އެމީހެއްގެ ޤަބޫލުކުރުންތަކާ އެއްގޮތް ނުވާ ކޮންމެ ކަމަކަށް ނުވަތަ ފެންނަފެނުމަށް މީހުންނާ ދިމާލަށް ފާޑުކިޔުން އެއީ ރަނގަޅު އާދައެއް ނޫނެވެ. މުޖުތަމައުގައި އެކިވިސްނުމުގެ އެކި ސްޓައިލްތަކަށް އުޅޭ މީހުން އުޅޭނެއެވެ. އެ އެންމެންނާއެކު އުޅެން ދަސްކުރާށެވެ. މީހެއްގެ އަސްލު ސިފަ ފެންނާނީ އެމީހަކާއެކު އުޅު ދަސްވީމައެވެ. ބޮލުގައި އޮންން އިސްތަށިގަނޑުން, ލައިގެން ހުންނަ ހެދުމަކުން މީހާ ނޭނގިދާނެއެވެ. ފެންނަ ފެނުމަށް ފާޑުކިޔުން މީ އަހަރުމެންގެ ތެރެއިން ނެތެން ޖެހޭ ނުރަނގަޅު އާދައެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ