logoEN
cocacola
ހުވަދު އަތޮޅު ދެކުނުބުރިއަށް ކަޅު ދުވަހެއް!

ހުވަދު އަތޮޅު ދެކުނުބުރިއަށް ކަޅު ދުވަހެއް!

# ގދ.ގައްދޫ# ގދ.ތިނަދޫ# ރިޕޯޓު# ގއ.ވިލިނގިލި# ހުވަދު އަތޮޅު# ކޮވިޑް19

mih

ހުވަދު އަތޮޅުގެ ދެކުނުބުރީގެ އެންމެ ބޮޑު ދެ އާބާދީއަކީ އެ އަތޮޅުގެ ގައްދޫއާއި އެއަތޮޅުގެ ވެރިކަން ކުރާ ހަވަރު ތިނަދޫ އެވެ. ދުނިޔަށް ކުރިމަތިވެފައިވާ މި އާލަމީ ވަބާގެ ރާޅު ބިންދާލާއި އޭގެ އަސަރު މުޅި ހުވަދު އަތޮޅަށްވެސް މިވަނީ ކޮށްފައެވެ. ހުވަދު އަތޮޅު ދެކުނުބުރީގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްކަމަށް ފެންނާން އޮތީ އެ ދެ ރަށުގައެވެ. އެ ދެ ރަށުގެ އަދަދުތަކަށް ބަލާއިރު ގައްދޫގެ ޖުމްލަ ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 66 އަށް އަރާފައެވެ. އަދި އެކްޓިވްކޭސްތަކުގެ އަދަދު ވަނީ 56 އަށް އަރާފައެވެ.

ގޮސިޔާ

ދެން އޮތީ އެ އަތޮޅުގެ ވެރިކަން ކުރާ ތިނަދޫގެ ހާލަތެވެ. މިހާތަނަށް އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 300 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 117 އަށް އަރާފައެވެ.

މި ދެރަށުގެ ކޮވިޑް ހާލަތު އިތުރަށް ގޯސްވިޔަ ނުދޭން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމި ނިންމުމެވެ. ތިނަދޫގައި އެކަން ނިންމީ މިމަހުގެ 6 ވަނަ ދުވަހު އެވެ. ގައްދޫގައި އެގޮތަށް ނިންމީ އިއްޔެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިފަދަ އެތައް ހިތްދަތި ފިޔަވަޅުތަކެއް އަޅަން އިދާރާތަކަށް ވަނީ މަޖުބޫރުވެފައެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ އެހެނަސް ނުރައްކާތެރި ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ ކުޑަކަކޫ ޖައްސާލާފައިވާ މިދަނޑިވަޅުގައި އަހަރެމެންގެ ވަތަނުގެ ވައްޓަފާޅިއަށް ވެސް މިވަނީ ބަދަލުތަކެއް ގެނުވާފައެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމަށް މިއައި ބަދަލާއެކު އެންމެންގެ ވެސް ދުޢާއަކީ މިކަމުން އަރައިގަނެވޭނެ ދުވަހެއް މިންވަރު ކުރެއްވުމެވެ. ދަރިފުޅުގެ އަތުގައި ހިފާލައިގެން ބައްޕަ މިސްކިތަށް ދާ ހިތްގައިމު މަންޒަރު އަލުން ފެންނާނެ ދުވަހެއް ﷲ ދެއްކެވުމެވެ. މިސްކިތްތަކުގެ ޖަމާޢަތްތަކުގައި އިވޭ މޫރިތި އާޔަތްތަކުން ހިތްތަކަށް ފިނިކަން ލިބޭ ދުވަހެއް އަލުން އިޢާދަވުމެވެ.

މި އާލަމީ ވަބާގައި ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވާ މި ދަނޑިވަޅަކީ ހިތްދަތި އަދި އުނދަގޫ ދަނޑިވަޅެކެވެ. މި ވަބާގެ ބިޔަ ރާޅު ހުވަދު އަތޮޅަށް ބިންދާލީ ކުއްލި ގޮތަކަށެވެ. މި ބިޔަ ރާޅާއެކު އެންމެ ފުރަތަމަ މިފަދަ ނިންމުމެއް ނިންމާފައިވަނީ ހުވަދު އަތޮޅު އުތުރުުބުރީގެ ވެރިކަން ކުރާ ގއ. ވިލިނގިލީގައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އެރަށުގައި ހުކުރު ނުކުރެއެވެ.

ރޭގަނޑުގެ ހަމަހިމެންކަމަށްފަހު އުދަރެސްމަތިން ރަން އަވި ދިއްލަމުން މިއަދުގެ އިރު އަރައިގެން އައީ ހުވަދު އަތޮޅު ދެކުނު ބުރިއަށް ކަޅު ދުވަހެއްގެ ގޮތުގައެވެ. ގދ އަތޮޅުގެ އެންމެ ބޮޑު ދެ އަބާދީ އޮންނަ އެ އަތޮޅުގެ ވެރިކަން މީގެ ކުރިން ކޮށްފައިވާ އެ އަތޮޅު ގައްދޫ އާއި އެއަތޮޅުގެ ވެރިކަން ކުރާ ހަވަރު ތިނަދޫއަށް ކަޅު ދުވަހެކެވެ. 1962 ވަނަ އަހަރު ހުވަދޫ ގަޑުބަޑަށް ފަހު އެރަށް އަލުން އާބާދުކުރިތާ މިއަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހަށް 55 އަހަރު ހަމަވާއިރު އެ މުއްދަތުގައި މިއީ އެރަށުގައި ހުކުރު ނުކުރާ ފުރަތަމަ ދުވަހެވެ. ޔާالله! މި ވަބާއިން އަޅަމެންގެ އަޚުންނާއި އުޚްތުން އަދި މުޅި ދިވެހި އުއްމަތުގެ ރައްޔިތުން ރައްކާތެރިކުރައްވައި ފުރިހަމަ ސިއްޙަތެއް މިންވަރު ކުރައްވާށިއެވެ.

މި ނުރައްކާތެރި ބަލިމަޑުކަމުން އަޅަމެންގެ މުޅި އިސްލާމީ އުއްމަތް ސަލާމަތްކުރައްވާފާންދޭވެ! އާމީން.

اَللّٰهُمَّ إِنِّیْ أَعُوْذُبِکَ مِنَ الْبَرَصِ، وَالْجُنُوْنِ، وَالْجُذَامِ، وَمِنْ سَیِّءِ الاَسْقَامِ

މާނައީ: އޭالله! ބަރަޞްބަލިންނާއި ބުއްދިފިލައިދިއުމުންނާއި ޖުޒާމް ބަލިންނާއި، ނުބައިވެގެންވާ ބަލިތަކުން އިބަ ރަސްކަލާނގެ ހަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ