logoEN
ޕީއެންސީ 2
ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 70,000 އަށް

ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 70,000 އަށް

އަހުމަދު ޝުރާއު

logo

4/25/2021, 10:45:10 AM

180131_c8f0bf2f-c_-scaled

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމްގައި ރާއްޖެއިން މިހާތަނަށް 70،983 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޝަރީ 2024

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދޭން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު އަތޮޅުތަކުން 1،181 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. ހުކުރު ދުވަހު ވަނީ 1،111 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 290،014 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ.

މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. އެ ވެކްސިންވެސް މިހާރު ވަނީ ދޭން ފަށާފައެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ